ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުޤީޤަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ރައީސް ނަޝީދު ތުހުމަތުކުރައްވައިފިއެވެ.

މިއީ ބޮމުގެ ހަމަލާގެ ތަހުޤީޤަށް ސަރުކާރުގެ އިސް ފަރާތަކުން ހުރަސް އަޅުއްވާކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި ރައީސް ނަޝީދު މިފަދައިން ތުހުމަތުކުރައްވާފައިވާއިރު، ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ސަރުކާރުގެ ބައިވެރިވުން ހަމަލާގައި އޮތްކަމަށް ވިދާޅުވަމުންނެވެ.

މަޖިލީހުން ކުރިއަށްގެންދާ ތަހުޤީޤަށް ރައީސް ޞާލިހު ހުރަސް އަޅުއްވާކަމަށް ރައީސް ނަޝީދު ތުހުމަތުކުރައްވާފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް މެދުވެރިކުރައްވައި، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ވަކިވަކި ސިފައިންގެ ބޭފުޅުން މަޖިލީހުގެ ތަހުޤީގަށް ހާޒިރުވިޔަ ނުދޭން ރައީސް ޞާލިހު މަސައްކަތްކުރައްވާކަމަށެވެ. އަދި އެގޮތަށް އެކަން ކުރަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

"މިއީ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ (ރައީސް ޞާލިޙް) ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ." ހަސަން ލަތީފް މެދުވެރިކުރައްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުވާނެކަމަށް އެމްއެންޑީއެފުން އަންގާފައިވާ މައްސަލައިގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ. މިގޮތުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ދަނީ ރައީސް ނަޝީދަށް އިންސާފު ލިބުން ލަސްވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


14

އިސްކުރުބެ

08-Jun-2021

އިސްޞާފު ނުލިބިގެން މިއުޅެނީ އަންނިއަށް އެކަނިތޯ ހަމަ ސުވާލުކޮށްލަން ބޭނުންވޭ. “ އިންޞާފު “ މި ޖުމްލައަކީ ހީވާކަހަލަ އެމްޑީޕީ އަށް އެކަނި ކިޔަން ދަންނަ ޖުމަލަ އެއް ހެން. ބަލަ ހުރިހާ މީހުންނަކީ ގަމާރުންނެންނޫން. ހީނުކުރާތި އަބަދު އަފްރާޝީމް ،ޔާމީން ރަޝީދުގެ ވާހަ ދައްކައިގެން އެންމެން ހައްލުވާލެވި ދާނެހެން އެގޮތައް ހެއްލޭނީ ހަމަތި އެމްޑީޕީގެ ގުންޑާއިން. އޯކޭ.


-7

Muslim

08-Jun-2021

ހުސް ސްޓަންޓް އެމްއެމްޕީއާރސީ އޭ ކިޔާފަ ތާކުންތާކުނުޖެހޭ ހުކުމެއް ރައީސް ޔާމީނުއަށް ކޮށްފައި ހުއްޓާ މަޖްބޫރުވީ ކޮންމެވެސް ލިސްޓެއް ނެރެން, ލިސްޓްން ނަޝީދު އާ ސޯލިހު އާ އަދިވެސ ބޭނުން ބަޔަކު މަދުކުރިކަން ރައްޔަތުނަށް ވެސް ޔަޤީންވޭ, އެހެންވުމުން ޔާމީނު ނޫންމީހުނަށް ހުކުމް ކުރުން ނުވަތަ ޔާމީނު ދޫކުރުން ދެކަމުން ކަމެއް ކުރަން ޖެހޭކަމަށް ރައްޔަތުން ދެކެންފެށިހިސާބުން ފޯކަސް ގެއްލުވާލަން 2 މީހުން ރުޅިކަމަށް ދައްކާ މިއީ ހަމަޙަޤީގަތުގައި ވެސް ހިގި ކަމެއް ކަމަށާ ސިރިޔަސް ކޮށް ތަޙްޤީގެއް ހިންގަނީ ކަމަށް ރައްޔަތުނަށް ދައްކަން ކުޅޭ ޑްރާމާ, އެމްޑީޕީގަ ތިބީ ހުސް ގަމާރުންނަމަ އެމީހުން ތިވާހަކަ ގަބޫލުކުރާނެ, ހޭހުރި ވާނުވާ އެގޭބަޔަކަށް ތިއިން އެއްކަމެއްވެސް ޤަބޫލުނުކުރެވޭނެ.



ޓްރެންޑިން