ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ 100 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވީ 100 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 9:33 ހާއިރުކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވީ 187 ވަނަ މީހާއެވެ.



ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 187 އަށް އަރާފައިވާއިރު އޭގެތެރޭގައި 170 ދިވެހިންނާއި 17 ބިދޭސީންނެވެ. ރާއްޖޭގައި ކޯވިޑްގައި އެއްމަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ނިޔާވީ ހުސްވި މެއި މަހުގައެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހުން މައްޗަށް ދިއުމުން ހަރުކަށި ފިޔަވަޅު ތަކާއެކު މާލެއާއި އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ވަނީ ކާފިއު ހިންގާފައެވެ. މީގެ ސަބަބުން މިހާރު ވަނީ އަދަދުތައް ދަށްވާން ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން