ރާއްޖޭގައި ވަކި މަޤާމަކަށް އަންނަން ވަކި މީހެއްގެ ފޮޓޯ ހިފައިގެން ދުވަން ނުޖެހޭނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ވިދާޅުވީ ރާއްޖޭގައި އުޅޭ ބައެއް މީހުންނަށް ހީވަނީ ނިކަމެތިންނަށް މަޤާމުތައް ލިބެނީ ވަކި ބޭފުޅެއް ނުވަތަ ވެރިއެއްގެ ފޮޓޯ ހިފައިގެން ދުވުމުންކަމަށެވެ. ނަމަވެސް ވެރިއެއްކަމަށް ބުނާ މީހާ ވެރިޔަކަށް ވަނީވެސް ނިކަމެތި މީހާގެ ސަބަބުންކަމަށް މޫސަ ވިދާޅުވިއެވެ.

"މިރާއްޖޭގައި އުފެދުނު މާވަރުގަދަ ވެރީންތަކަކަށްހީވެފަ އޮންނަނީ އޭނަގެ ފޮޓޯގަނޑު ހިފައިގެންނޫނީ ދެރަވަރު މީހަކަށް އެއްވެސް މަޤާމަކަށް ނާދެވޭކަމަށް. ވެރީންނަކަށް އިޙްސާސެއް ނުކުރެވޭ އޭނާ ވެރިޔަކަށްވީ ނިކަމެތި މީހާގެ ކޮނޑުގައި އޭނާ ރަށަށް އަރާފައިބާ ގޭގައިހުރި ކުކުޅު ކައިގެން ކަމެއް." މޫސަ ވިދާޅުވިއެވެ.



މޫސަ މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދަށް ތާއީދުކޮށް މަޖިލިސް މެމްބަރުން ވާހަކަ ނުދައްކަވާތީ އެކަމަށް ފާޑުކިޔައި، ދެން އޮންނަ އިންތިޚާބެއްގައި އެމީހުންނަށް އެކަން ފެންނާނެކަމަށް ބުނެ ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިއަދު ރައީސް ނަޝީދުގެ ދިފާއުގައި ވާހަކަ ނުދެއްކިޔަސް، އިންތިޚާބު ކައިރިވުމުން ރައީސް ނަޝީދު ފެންނާނެކަމަށް އެފަދަ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން