އަހުމަދު މަސްނޫމް   7 ޖޫން 2021 - 18:34
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްކަމަށްވާ އަހުމަދު ހުސެއިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 102 އަހަރުގައި އަހުމަދު ހުސެއިން މަނިކު އަވަހާރަވީ ކޯވިޑް ބައްޔަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އަތޮޅުވެރިކަމާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިކަން ކުރައްވާފައިވާ އަހުމަދު ހުސެއިން މަނިކަކީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ދެބެންގެ ދެދަރި ބޭފުޅެކެވެ. އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަތަމާ އަބްދުއްލަތީފާއި މަޝްހޫރު ތާރީހު ލިޔުންތެރިޔާ އަބްދުލްހަކީމް ހުސެއިން މަނިކަކީ އަހުމަދު މަނިކުގެ އެއްބަޑުއެއްބަފާ ބޭފުޅުންނެެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ވަޙީދުބެ

08-Jun-2021

މާތް ﷲ މަރްޙޫމަށް ފާފަފުއްސަވައި ހެޔޮރަޙްމަތް ލައްވާށި.


8

ވަޙީދުބެ

08-Jun-2021

މާތް ﷲ މަރްޙޫމަށް ފާފަފުއްސަވައި ހެޔޮރަޙްމަތް ލައްވާށި.



ޓްރެންޑިން