މާލެ ސިޓީގެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުގެ އިއްތިފާޤުން ނިންމާފައިވަނިކޮށް، އެތަނުގައި ބަނދަރު އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާތީ އެކަމުގައި ސަރުކާރާއެކު މަޝްވަރާކޮށްގެން އެކަށީގެންވާ ހައްލަކަށް ވާސިލުނުވެވިއްޖެނަމަ ކޯޓަށް ދާން މާލޭ ސިޓީ ކައުންސިލުން ނިއްމައިފިއެެވެ.

މާލެ ސިޓީ ކައުންސިލުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަަވަމުން މޭޔަރު ޑރ. މުހަންމަދު މުޢިއްޒު ވިދާޅުވީ، ގުޅީފަޅުގެ ޕްލޭނަށް އެއްވެސް ބަދަލެއް ނުގެނެސް މީޑިޔާއަށް އިއުލާނުކޮށްފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަންކަމާމެދު ވާހަކަ ދެއްކުމަށް ރައީސާއެކު ބައްދަލުކުރަން ކައުންސިލުން ނިންމާފައިވާ ކަމަށާއި، އަދި އެގޮތަށް ހިނގާ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް ލިޔެކިޔުމުން ލިބޭނެ ގޮތް ހަމަޖެއްސުމަށް އެދުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ގުޅީފަޅު މައްސަލާގައި އެއްވެސް އަލިމަގައި ނުފެނިއްޖެނަމަ އެކަމުގައި ކަންކުރާނެ ގޮތެއްވެސް ކައުންސިލުން ނިންމާފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ކައުންސިލުގެ އަޣުލަބިއްޔަތުން މި މައްސަލާގައި މާލެ ރައްޔިތުންގެ ޙައްޤުގައި ކޯޓަށް ދިއުމަށް ނިއްމައިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މުޢިއްޒު ވިދާޅުވީ އެއީ މިއަދު ނުވަތަ މާދަމާ ކުރާނެ ކަމެއް އަދި އުންމީދުކުރައްވަނީ އެކަން ކުރަންނުޖެހޭނެ ކަމަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެހިސާބަށް ދާންޖެހޭ ހާލަތުގައި ކޯޓަށް ދާން ނިންމާފައިވާ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅިގެން ފަހިދިރިއުޅުން ކޯޕަރޭޝަނާ ބައްދަލުކުރަން މަސައްކަތްކުރި ކަމަށާއި ނަމަވެސް މިހާ ހިސާބަށް އައިއިރު ވެސް އެ ކުންފުންޏާއެކު މަޝްވަރާ ކުރެވިފައިނުވާ ކަމަށެވެ. އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެެވެ. މާލޭގެ ކަންކަން ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

"ހުރިހާ މިނިސްޓަރުންނާ ބައްދަލުވިއިރު، ބައެއް ބޭފުޅުންގެ އެހީތެރިކަން ބޭނުންވި ވަގުތު އެހީތެރިކަން ވެސް ދެއްވާފައި އެބަހުރި." ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވިދާޅުވިއެވެ.

ގުޅީފަޅުގައި ބަނދަރު ހެދުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން މުރާޖަޢާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން