ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން "ދަންޖައްސަންޖެހޭ'" ކަމަށް، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވިދާޅުވާ އޯޑިއޯއެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ސިޔާމްގެ މައްސަލަ ހިސާން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ. އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަން ކުށްވެރިކުރަށްވާ ކަމަށް އަފީފު ވިދާޅުވިއެވެ. އެ މައްސަލަ ބަލައި ދިނުމަށް އެދި، ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.

އަދި އެމައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ބައިވެރިވެވަޑައިގެންނެވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީން ނުކުމެވަޑައިގެން ބޭރުގައި ތިއްބެވި މެންބަރުންނާ ވާހަކަ ދައްކަވަމުން ހިސާން "ދަންޖައްސަންޖެހޭ" ކަމަށާއި، "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށް ސިޔާމް އެ އޯޑިއޯގައި ވިދާޅުވެއެވެ. ފަހުން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ސިޔާމް ވިދާޅުވީ ހިސާނާ ދެމެދު ކުރި ޒުވާބުގެ ތެރެއިން އެކަހަލަ އެއްޗެއް ވިދާޅުވެވިފައި އޮވެ ދާނެ ކަމަށެވެ. ނަމަވެސް އޭނާ މާނަ ކުރެއްވީ އެގޮތަށް ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން