އދ. ދަނގެތީ ފަޅުގައި އޮތް ސަފާރީއަކުން މޫދަށް ފޭބި ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، ނިޔާވެފައި އޮއްވާ ފެނުނީ އދ. ދަނގެތީ ވެސްޓްބީޗް އުމުރުން 32 އަހަރުގެ މުމްތާޒް ޙުސެއިންކަމަށެވެ. އޭނާ ފެނިފައިވަނީ ރޭ 10:30 ހާއިރު ސަފާރީން މޫދަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށްކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ފެނުނީ ސަފާރީއާއި ދިމާ މޫދު އަޑީގައި އޮއްވާކަމަށް ފުލުހުން ބުނެފައިވެއެވެ. މުމްތާޒް ނެގިއިރު ހަރަކާތެއް ނެތްކަމަށާއި، އޭނާ މޫދުން ނަގައިގެން ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ސިއްހީ އެހީތެރިންނާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި ޙާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން