ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއްކަމަށްވާ، އަދި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މާދިހު އިސްމާއިލް ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މާދިހުގެ އާއިލާއިން ބުނީ އޭނާ ނިޔާވީ ރޭ ފަތިހު 5:32 ހާއިރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި މާދިހު ނިޔާވެފައިވަނީ ކުއްލިއަކަށް ހޮޑުލައި މާބޮޑަށް ހާލު ދެރަވާން ފެށުމުން އައިޖީއެމްޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށްކަމަށްވެސް އޭނާގެ އާއިލާއިން ބުނެއެވެ.



51 އަހަރުގެ މާދިހަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި، ހާއްސަކޮށް ކްރިކެޓާއި ފުޓްބޯޅަ އަދި ފެތުން ފަދަ ހަރަކާތްތަކުގައި އޭނާގެ ހިދުމަތްތައް ފާހަގަކޮށްލެވޭ ސަހުސިއްޔަތެކެވެ.

މާދިހަކީ ކޯވިޑް-19ގެ އާލާސްކަންފުޅުގައި މިދިޔަ އަހަރު ނިޔާވި ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާގެ ބޭފުޅެކެވެ. އަދި މާދިހަކީ އެފް.އޭ.އެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލާއި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމްގެ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން