ޑްރަގް ނެޓްވޯކެއްގައި ރަހުނު ކުރިކަމަށް ބުނާ މިސްބާހާ ގުޅޭގޮތުން ހާމަކޮށްފައިވަނީ ތެދު މައުލޫމާތުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހެން ބުނެފައި މިވަނީ މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރި ހދ. ނޮޅިވަރަންފަރު މޯނިންގ ސަން މިސްބާހު މުހައްމަދު (25އ) ހުރީ ބޭރުގެ ޑްރަގު ނެޓްވޯކެއްގައި ރަހުނުކޮށްފައި ކަމަށް ފުލުހުން ބުނެފައިވަނިކޮށް، އޭނާ ކަމަށް ބުނާމީހަކު އާންމުކޮށްފައިވާ ވިޑިއޯއެއްގައި ފުލުހުން ހަދަނީ ދޮގުކަމަށް ބުނެފައިވަނިކޮށެވެ.

މިސްބާޙް ކަމަސްބުނާ މީހާ ޢާއްމުކޮށްފައިވާ ވީޑިއޯގައި ބުނެފައިވަނީ ފުލުހުން ހަދަނީ ދޮގު ކަމަށާއި، އޭނާއަކީ މަސްތުވާތަކެތީގެ ނެޓްވޯކަކާއި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫންކަމަށެވެ. ނަމަވެސް އޭނާ ހުރި ތަނެއްގެ ތަފްސީލެއް މި ވިޑިއޯގައި ހާމަކޮށްފައެއް ނުވެއެވެ.

މިސްބާހު އާންމުކުރި ވީޑިއޯއާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ ވީޑިއޯއިން ފެންނަނީ މިސްބާހުކަން ކަށަވަރު ކުރެވޭކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަކީ ފުލުހުންނަށް ކަށަވަރު ކުރެވޭ މައުލޫމާތުތައް ކަމަށާއި ވީޑިއޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަަަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނެފައިވަނީ، މިސްބާޙް ރާއްޖެއިން ފުރާފައިވަނީ، މިދިޔަ އަހަރު ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ކަމަށެވެ. އަދި އޭނާ ފުރަތަމަ ދިޔައީ ދުބާއިއަށް ކަމަށާއި އޭގެ ފަހުން މިސްބާހް މުހައްމަދު 2020 ނޮވެމްބަރު 23 ވަނަ ދުވަހު ޕާކިސްތާނަށް ގޮސްފައިވާ ކަމަށެވެ. މިސްބާހް މުހައްމަދު، ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން އަތުލައިގަތް ނެޓްވޯކުގައި އިސްކޮށް ހުރި އެކަކު ކަމަށްވާ އިރުފާން ތަގިއްޔު ކަމަށް ފުލުހުން މަޢުލޫމާތު ދެވައެވެ.

އިރުފާނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ. އިރުފާން ތަގިއްޔު ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. އިރުފާން ރާއްޖެ އައިސްފައި ވަނީ ނޮވެމްބަރ 22 ވަނަ ދުވަހުއެވެ.

މިސްބާހު ޕާކިސްތާނަށް ގޮސްފައިވަނީ، އިރުފާނު ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާނަށް މަސްތުވާތަކެތި ފޮނުވާފައިވާ ބޭރުގެ ޑްރަގް ނެޓްވޯކްގެ ބެލުމުގެ ދަށުގައި ރަހުނެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭކަމުގައި ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން