އިގްތިޞާދީ ގޮތުން މިހާ ދަތި ދަނޑިވަޅެއްގައި ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމުން ދިވެހި ރައްޔިތުންނަށް ލިބޭނީ ކޮންފައިދާއެއްތޯ ވިދާޅުވެ، ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވީ އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ދަތިތަކަކާއި ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އަބްދުﷲ ޝާހިދުގެ ކެމްޕެއިނަށް ރައްޔިތުންގެ ފައިސާއިން ވަރަށް ބޮޑެތި އަދަދުތަކަކުން ޚަރަދުކޮށްފައިވާކަމަށެވެ.

ނިޔާޒް ވަނީ ޝާހިދަށް މަޤާމު ލިބިވަޑައިގެންނެވުމުން ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އޭނާ އުފާފާޅުކުރަށްވަން ޖެހެނީ ކޮންކަމަކާ ހެދިގެންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ޝާހިދަށް މަޤާމު ލިބުމުން ދިވެހި ރައްޔިތުންނަށް ލިބޭނީ ކޮން ފައިދާއެއްތޯ ނުވަތަ ކޮންކަހަލަ މަންފާތަކެއްތޯ ނިޔާޒް ސުވާލުކުރައްވާފައިވެއެވެ.





އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންތިޚާބުވެ ވަޑައިގެންފައިވާއިރު މިއީ ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ޝާހިދު މި ގޮނޑި ކާމިޔާބު ކުރެއްވީ 74 އިންސައްތަ ވޯޓު ކާމިޔާބު ކުރަށްވައިގެންނެވެ.

އިންތިހާބުގައި މިނިސްޓަރ ޝާހިދާއި ވާދަކުރެއްވީ އަފްޣާނިސްތާނުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމައި ރަސޫލެވެ. ރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ވޯޓު ލާފައިވާއިރު، މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

ކޯވިޑާއި ގުޅިގެން ގައުމުގެ އިގްތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ ގިނަ ރައްޔިތުންގެ އާމްދަނީ ހުއްޓިފައިވާ މިދަނޑިވަޅުގައި އދ.ގެ މަތީ މަގާމެއް ހޯދުމަށް ބޮޑު ހޭދައެއްކޮށްފައިވާތީ ގިނަ ބައަކު އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


0

ބިރުބޮޑު

13-Jun-2021

އެއްވެސް ފައިދާއެއް ރާއްޖެއަކަށްނެތް ތިކަމުގެސަބަބުން އިންޑިއާއަށް ފައިދާވާނީ އިންޑިއާއިން ބުނެގެން ހޯދިމަޤާމެއް


-11

ޙުސައިން

13-Jun-2021

އެހެން މީހުންގެ ކުށް ހޯދުމަށް ވުރެ ތިމާ ގެ އަމިއްލަކުށް ހޯދުން މާ ރަގަޅުވާ ނެއެވެ.


-5

ޙުސައިން

13-Jun-2021

އެހެން މީހުންގެ ކުށް ހޯދުމަށް ވުރެ ތިމާ ގެ އަމިއްލަކުށް ހޯދުން މާ ރަގަޅުވާ ނެއެވެ.



ޓްރެންޑިން