މިދިޔަ މޭމަހުގެ ތެރޭހައި އުދަ އެރުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ ހުރިހާ ހަރަދެއް އެމްޓީސީސީން ހަމަޖައްސާގޮތަށް ނިންމައިފިއެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެއާޕޯޓު ތަރައްގީކުރި އެމްޓީސީސީއާއެކު ހަދާފައިވާ 3 އަހަރުގެ ދުވަހުގެ އެއްބަސްވުމެއް އެބައޮތްކަމަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަ ނުވާތީ އެ މުއްދަތުގައި އެއާޕޯޓުގެ މަރާމާތުގެ ހަރަދުތައް ވެސް ބަލަހައްޓާނީ އެމްޓީސީސީންކަމަށް ރިޒްވީ ވިދާޅުވިއެވެ.

މިދިޔަ މޭމަހުގެ މެދެއްހާ ހިސާބުގައި ރާއްޖެއަށް ކުރި ވިއްސާރައިގައި ހޯރަފުށީ އެއަރޕޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން އެއަރޕޯޓުގެ ޓަރމިނަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. ނަމަވެސް އެއަރޕޯޓަށް ގެއްލުން ލިބުނުއިރު އެއަރޕޯޓް އޮތީ އިންޝުއަރ ނުކޮށްކަމަށްވާތީ، މަރާމާތުގެ ޚަރަދުތައް ހަމަޖައްސާނެ ފަރާތެއް އޮތީ މުޅިން ނުނިމިއެވެ.

އެމްޓީސީސީން ބުނީ އެއާޕޯޓު މަރާމާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެއާޕޯޓަށް ލިބުނު ގެއްލުމާއި އެ މަސައްކަތްތަކާ ބެހޭ އިތުރު މައުލޫމާތު މީޑިއާތަކާ ހިއްސާކުރާނެކަމަށެވެ.

ހޯރަަފުށި އެއަރޕޯޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެއަރޕޯޓް އަދިވެސް އޮތީ ބަންދުކޮށްފައެވެ. ނަމަވެސް މިމަހުގެ 15 ވަނަ ދުވަހު އެއަރޕޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން