"މޭ 6 ޤަރާރު"ގެ ނަމުގައި ޤަރާރެއް ފާސްކުރަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ އަންނަ ބުރާސްފަތިދުވަހުގެރޭ 9:00 ޖަހާއިރު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށެެވެ. އަދި މިބައްދަލުވުން އޮންނާނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށްކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ޤައުމީ މަޖިލީޙުގެ ބައްދަލުވުމުގައި ކުރިއަށްދާނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހުށަހަޅާ "މޭ 6 ޤަރާރު"އާ މެދު ގޮތެއް ނިންމުންކަމަށެވެ.



ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ތާވަލުކޮށްފައިވާއިރު، މިކަމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި މައްސަލަތަކެއް އުފެދިފައެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި ސަރުކާރު ނުވަތަ ރައީސް ޞާލިހަށް ތާއީދުކުރާ ފަރާތްތައް ދެ ފެކްޝަނަކަށް ބެހި ވާދަވެރި ބަހުގެ ހަމަލާތައްވެސް އަންނަނީ ބަދަލު ކުރެވެމުންނެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރައީސް ނަޝީދަށް އިންސާފު ލިބުމުގައި ވަރަށް ބޮޑަށް ދަނީ ލަސްވަމުންނެވެ. އަދި މިކަމުގައި ސަރުކާރުގެ ތެރެއިން ބަޔަކު ނުފޫޒު ފޯރުވަމުންދާކަމަށްވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ސަރުކާރާއި ސަލާމަތީ ބާރުތަކުން ބުނަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްގެންދާ ތަހުޤީޤަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން