ލ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ލ އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ ފިރިހެނެއް މިއަދު ނިޔާވެފައިވާކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު ހެނދުނު 9:13 ހާއިރުކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 189 ވަނަ މީހާއެވެ.



ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން 189 މީހުން ނިޔާވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 172 ދިވެހިންނާއި 17 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން