އަހުމަދު މަސްނޫމް   8 ޖޫން 2021 - 18:45
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ އައިމިނަތު ޝައުނާ އައްޔަން މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ޝައުނާއަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ މަޖިލީހުގައި އެކަމަށް ނެގި ވޯޓްގައި ބައިވެރިވި 65 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ނުފެންނަކަމަށް 8 މެމްބަރަކު ވޯޓް ދެއްވިއިރު، ވަކިކޮޅަކަށް ވޯޓް ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

ޝައުނާ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަމަހުގެ 5 ވަނަ ދުވަހުއެވެ. އޭގެކުރިން އެކަމަނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ. ޝައުނާއަށް ވަޒީރުކަން ހަވާލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރުގެ މަޤާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރައްވައި އެންވަޔަނރަމަންޓް މިނިސްޓްރީއާއި، ޓެކްނޯލޮޖީ މިނިސްޓްރީ އެއްކޮށްލުމަށްފަހުގައެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލެއްވުމުން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތްތަކެއް ކުރައްވަނީ އަލަށް އުފެއްދެވި މިނިސްޓްރީންނެވެ. އަދި އެ މިނިސްޓްރީގައި ތިބި ހުރިހާ މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް ބަދަލުވެގެންދާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން