ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ.

މިމަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢުއެކެވެ.

72.66 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 7،280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ. އަދި 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.

މިމަޝްރޫޢުގެ ދަށުން، 2825 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީއިން ހާމަކޮށްފައި ވެއެވެ.

ކޯވިޑްގެ މިހާލަތުގައިވެސް ގިނަ ގޮންޖެހުންތަކާއެކުވެސް އެމްޓީސީސީން ގެންދަނީ ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫޢު ތަކެއް އަތޮޅު ތަކުގެ އެކި ރަށްތަކުގައި މެދުކެނޑުމެއްނެތި ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން