ރާއްޖޭގައިހަދާ ޤާނޫނުތައް ހުންނަންވާނީ އިސްލާމީ ޝަރީޢަތުގެ ޤަވާޢިދުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ނަފުރަތުގެ އަަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގާނޫނުލްއުގޫބާތަށް ހުށައެޅި އިސްލާހުތަކެއްގައި ލާދީނީ ގޮވުން ހުއްޓުވުމަށް މާއްދާއެއް ހިމަނާފައިވާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ބިލަކީ އިސްލާމްދީނަށް ފުރައްސާކުރުމަށް ހުޅުވޭ ދޮރެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާއިރު އިސްލާމްދީނާ ގުޅޭ ކަންކަމުގައި ރާއްޖޭގައި ހަދާ ޤާނޫނުތައް ހުންނަންވާނީ އިސްލާމީ ޝަރީޢަތުގެ ޤަވާޢިދުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށްކަން ހަނދާން ބަހައްޓަންޖެހޭ ކަމަށެވެ. އަދި ޤާނޫނު އަސާސީ މަގުދައްކާ ގޮތަކީވެސް އެއީކަމަށް ޝަހީމް ވިދާޅުވިއެވެ.



ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާޙު ތަކުގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށެއް ކަމަށް ބުނެފައި ވެއެވެ.

ލާދީނީ ކިއުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުން އިސްލާހެއް ހުށައެޅުމުން ގިނަބައެއްގެ ކަންބޮޑުވުމާއި ފާޑުކިއުން އަމާޒުވުމުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅާފައިވާ މާއްދާ އިތުރަށް ތަފުސީލުކޮށް ބަޔާން ކުރުމަށް އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އޭޖީ އޮފީހުން ފަހުން ވަނީ ބުނެފައެވެ. ނަމަވެސް އެ އިސްލާހު ހުށައެޅި ކަމެއް އަދި އެނގިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން