މ. މުލީ ކޯޓުގެ މެޖިސްޓްރޭޓް ހުސައިން އާމިރު ތިންމަސް ދުވަހަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭ އެސް ސީން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދިޔަ އާމިރުގެ ދަރިފުޅަކަށް އެހެން ދަރިވަރެއްގެ ފަރާތުން ކުރިމަތިވި ގަނާކުރުމުގެ އަމަލާ ގުޅިގެން، އެ ކުއްޖާއާ މެދު ރުޅި އިސްކޮށް، އިހާނެތި ގޮތަކަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މި އަމަލަކީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ ނުވަވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 އާއި 4.1 އާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.



ޖޭއެސްސީގެ ބަޔާނުގައި މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާތީ، މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް އޭނާ 3 މަސް ދުވަހަށް ސަސްޕެންްޑް ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާކަމަށް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން