ރައީސް އިބްރާހިމް މުހަންމަދު ސޯލިހަކީ ނޫސްވެރިންނާއި ގާތުން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބުދުﷲ ޝަފީގު (މޯޑު) ވިދާޅުވެއްޖެއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު އަދި ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުހަންމަދު އަބުދުﷲ ޝަފީގު (މޯޑު) ވިދާޅުވީ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވި ރައީސުންވެސް ފެނިވަޑައިގެންނެވި ކަމަށާއި، އެހެން ނަމަވެސް ރައީސް ސޯލިހަކީ ނޫސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވައި މައުލޫމާތު އާންމުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުވާލުތަކަށް ޖަވާބު ދެއްވައެވެ. އަދަކީ އިއްޔެ އަށްވުރެ ނޫސްވެރިކަމަށް ފަހި ދުވަހެކެވެ." ވެލިދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ކޮވިޑު-19 އާއި ގުޅިގެން މިވޭތުވެ ދިޔަ މުއްދަތުގައި ރައީސް ސޯލިހް ވަނީ 6 ފަހަރެއްގެ މަތިން ނޫސްވެރިންނާއި ބައްދަލުކުރައްވައި ގައުމުގެ ހާލަތާއި ބެހޭގޮތުން މައުލޫމާތު ދެއްވައި ނޫސްވެރިން ކުރައްވާ ސުވާލު ތަކަށް ޖަވާބު ދެއްވާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ރައީސް ޞާލިޙު މީޑިއާއަށް ފިއްލަވައިގެން އުޅުއްވާ ކަމަށް ތުހުމަތުކޮށް ފާޑުކިޔަމުންނެވެ.

ކޮވިޑު-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން އިއްޔެވެސް ރައީސް ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން