ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 190އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 9:50 ހާއިރުކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 190 ވަނަ މީހާއެވެ.



ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު އެންމެފަހުން ނިޔާވީ އިއްޔެ ހެނދުނު 9:00 އެހާއިރުއެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް ޖެހިގެން 190 މީހުން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 173 ދިވެހިންނާއި 17 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން