ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު 2 ވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަމަށެވެ. މިމީހާގެ އިތުރުން ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއްވެސް މިއަދު ހެނދުނު 9:50 ހާއިރު ވަނީ ނިޔާވެފައެވެ.



ރާއްޖޭގައި މިހާތަނަށް ކޯވިޑް ޖެހިގެން 191 މީހުން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 174 ދިވެހިންނާއި 17 ބިދޭސީންނެވެ.

ހުސްވި މެއި މަހު ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ފިޔަވަޅުތައް ވަރުގަދަކޮށް މާލެ ސަރަހައްދާއި ގިނަ ރަށްތަކެއްގައި ވަނީ ކާފިއު ހިންގާފައެވެ. އެއާއެކު މިހާރުވަނީ ކޯވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށަށްދާން ފަށާފައެވެ. ކުރީގައި ހާހުން މަތީގައި ހުރި އަދަދުތައް މިހާރު ވަނީ 500 އިން ދަށަށް ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން