މިއަހަރު ނިމެންދެން މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިއްމައިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19އިގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން މިހިނގާ ދިރާސީ އަހަރު ނިމެންދެން، މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ. 

ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު މާލޭ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ބަދަލުކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭގެ ކުރިން ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން އެންގީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެފަހަރު ވަނީ ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށާއި ޕްރީސްކޫލްތައް ބަންދުކުރުމަށް އަންގާފައެވެ.

ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހަހުން މައްޗަށް ގޮސް ކޮންމެ ދުވަހަކު ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް އެތައް ގުނައަކަށް މައްޗަށް ދިއުމުން މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ބަލިފެތުރޭ ރަށްތަކުގައި ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ގިނަ ރަށްތަކެއްގައި ވަނީ ކާފިއު ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން