އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާގެ ޑިޕްލޮމެޓަކު ހަމަޖައްސަވައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝާހިދު ވިދާޅުވީ އޭނާގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ނައިބު ނާގަރާޖް ނައިޑޫ ކުމާރު އައްޔަން ކުރައްވާފައިވާކަމަށެވެ. އަދި އާންމު މަޖިލީހުގެ ރައީސް ގެ ހާއްސަ މަންދޫބަކަށް ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ތިލްމީޒާ ހަސަން އައްޔަން ކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެެވެ.

ޝާހިދު މަގާމަށް އިންތިޚާބު ވުމާއެކު އިންޑިއާގެ ނޫސްތަކުން ވަނީ ޝާހިދުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރަށްވާނީ އިންޑިއާގެ ރައްޔިތަކު ކަމަށް ބުނެފައެވެ. އަދި އދ. ގެ ކުރިއަށް އޮތް ރާއްޖޭގެ ރިޔާސަތުގައި ކަންކަން ހިނގާނީ އިންޑިއާއަށް ފަހިވާގޮތަށް ކަމަށް ވެސް ސިޔާސީ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ބައެއް މީޑިއަތަކުގައި ބުނެފައި ވެއެވެ.



އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު ހޮވިވަޑައިގަތީ 143 ޤައުމުގެ ވޯޓާއި އެކުއެެވެ. ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީވަޒީރު ޑރ. ޒަލްމާއި ރަސޫލާ ވާދަކުރައްވައެވެ. އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއީ ރާއްޖެއިން އދގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖެއަކީ އދގެ އާންމު މަޖިލީހުގެ ރައީސްކަން އަދާކުރާ ސާކްގެ ހަވަނަ ގައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން