އަހުމަދު މަސްނޫމް   10 ޖޫން 2021 - 14:55
ކުޅުދުއްފުށިން ކޯވިޑް ކޭސްއެއް ފެނިގެން އެރަށް އަނެއްކާވެސް މޮނިޓަރިންގއަށް ލައި ރަށަށް އަރައިފޭބުން މަނާކޮށްފިއެވެ.

އެޗްޕީއޭއިން ކުޅުދުއްފުށި މޮނިޓަރިންގއަށް ލާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެނެވެ.

ކުޅުދުއްފުށި ޕޮޒިޓިވްވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ 45 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 27 މީހުން ފާހަގަ ކުރެވިގެން އޭގެތެރެއިން ގިނަ ބައެއްގެ ސާމްޕަލް މިހާރު ވަނީ ނަގާފައެވެ. އަދި މިސާމްޕަލްތަކުގެ ނަތީޖާ މިއަދު ހަވީރު ލިބޭނެކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. މީގެއިތުރުން ކުޅުދުއްފުށި 13 ގެއެއް ވަނީ ކަރަންޓީނަށްލާފައެވެ.

ކުޅުދުއްފުށިން ކޯވިޑް ކޭސްއެއް ފެނިގެން އެރަށް އަނެއްކާވެސް މޮނިޓަރިންގއަށް ލާފައިވާއިރު، މިދިޔަ މެއިމަހުވެސް ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން