ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސާރްޖާގައި އާންމުން ދިރިއުޅޭ 45 ބުރީގެ ޓަވަރެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ގަލްފް ނިއުސްއިން ބުނީ މިރޭ ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވީ ސާރްޖާގެ އަލް ނަހްދާގެ އާންމުން ދިރިއުޅޭ ޓަވަރެއްގައި ކަމަށެވެ. ސާރްޖާގެ ސިވިލް ޑިފެންސުން ވަރަށް އަވަހަށް ރޯވި ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ނޫހުން ބުނެފައި ވެއެވެ.
ރޯވީ އަބްކޯ ޓަވަރ ކިޔާ އިމާރާތެއްގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް މާބޮޑު ގެއްލުމެއް ލިބުނު ކަމަކަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. ޓަވަރުގައި ރޯވުމާއެކު އިމާރާތުން މީހުން ހުސްކޮށް އަދި އެސަރަހައްދުގެ ވަށައިގެން ހުރި ތަންތަނުން މީހުން ހުސްކޮށްފައިވާ ކަމަށް ނޫހުން ބުނެފައިވެއެވެ.

އިމާރާތުގައި ދިރިއުޅޭ ބައެއް މީހުންނާ ހަވާލާދީ ގަލްފް ނިއުސްއިން ބުނީ ފުރަތަމަ ރޯވި ކަމަށް ބެލެވެނީ ޓަވަރުގެ 10 ވަނަ ފަންގިފިލާގައެވެ. އަލިފާން ރޯވީ ސާރްޖާ ގަޑިން މިރޭ 9:04 ހާއިރު ކަމަށް އިމާރާތުގައި އުޅޭ މީހުން ބުނެފައި ވެއެވެ.
މިނާ ފަޔަރ ސްޓޭޝަންގެ ސިވިލް ޑިފެންސް ޓީމަށް މި ހާދިސާގެ ޚަބަރު ލިބުމާއެކު އެތަނަށް ގޮސް އަލިފާން ނިއްވާލުމާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު