ސަރުކާރުގެ ވަޒީރުން މަގާމުން ސަސްޕެންޑްކުރުމަކީ ރައީސުލްޖުމުހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ނޫންކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލެޖީ މިިނިސްޓަރު މުހަންމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ އޭނާ މަސައްކަތުން އެކަހެރިކޮށްފައެވެ. އެކަމާ ގުޅިގެން މަގާމުން ވަކިކޮށްފައިވާ ކުރީގެ ސައިންސް އެންޑް ޓެކްނޮލެޖީ މިިނިސްޓަރު މުހަންމަދު މަލީހު ޖަމާލު ވިދާޅުވީ، ވަޒީރުން ސަސްޕެންޑްކުރުމަކީ ރައީސަށް ލިބިވަޑަައިގަންނަވާ ބާރެއް ނޫން ކަމަށާއި، ވަޒީރު ކަމުނުދާނަމަ އެ ވަޒީރަކު ޖެހޭނީ މަގާމުން ވަކިކުރަން ކަމަށެވެ. ވަޒީރުން ސަސްޕެންޑް ނުކުރެވޭނެ ސަބަބުވެސް މަލީހު ވަނީ ހާމަކުރައްވާފައެވެ.

"ސަސްޕެންޑް ނުކުރެވޭ ސަބަބަކީ ވުޒާރާގެ މަސްއޫލިއްޔަތުތަކާއި ބަޖެޓަށް ޒިންމާވެ ޖަވާބުދާރީވާންޖެހޭނީ ވަޒީރު ކަމަށްވާތީ، ރައީސްގެ އެންމެ އަސާސީ ސިފައަކީ ޑިޝިޝަންނަގަން، އެންގެވުން." މަލީހު ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފު މަގާމުން އެކަހެރިކުރަން ރައީސް ނިއްމެވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 33،000 ޑޮލަރު މަހުލޫފުގެ އެކައުންޓަށް ވަން މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހަށް ފޮނުވުމާއި ގުޅިގެންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، މަހުލޫފަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ، އޭނާއަށް ދައުވާ ކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިންމަންދެން އޭނާ މަސައްކަތުން އެކަހެރިކުރަން ނިންމާފައިވާ ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން