އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކޮށްފައިވާ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ހަމަޖައްސަން ޖެހޭނީ ދިވެއްސެ ކަމަށް ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ކުރީގެ ކެޕްޓަން ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ހެޕީ މާކެޓްގެ ސީއީއޯ ޢަލީ އިހުސާން ވިދާޅުވީ ޝާހިދު އެމަޤާމަށް އިންތިޚާބުވީ ރާއްޖޭގެ ނަމުގައި ކުރިމަތި ލައްވައިގެންކަމަށެވެ. އެހެންކަމަށްވާނަމަ ޝާހިދުގެ ޗީފް އޮފް ސްޓާފަކަށްވެސް އައްޔަން ކުރަންޖެހޭނީ ރާއްޖޭގެ މީހެއްކަމަށް އިހުސާން ވިދާޅުވިއެވެ. އެކަން އެހެން ނުވެއްޖެނަމަ ފޮރިން މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވައި އިންތިޚާބުވި މަޤާމުގައި ދެމި ހުންނެވުމަށް އިހުސާން ވަނީ ގޮވާލައްވާފައެވެ.

"އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރީ ދިވެހިރާއްޖެއިން ކަމަށްވާތީ ޗީފް އޮފް ސްޓާފަކަށް ހުންނަންވާނީ ދިވެއްސެއް. އަދި މިމަޤާމަށް ބޭރުމީހަކު އައްޔަން ކުރާނަމަ ފޮރިން މިނިސްޓްރީގެ ވަޒީރުކަމުން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވަންވާނެ. މި ދެ އޮފީސް ވަކިވާންޖެހޭ." އިހުސާން ވިދާޅުވިއެެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާގެ ޑިޕްލޮމެޓަކު އިއްޔެ ވަނީ ހަމަޖައްސަވާފައެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އޭނާގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ނައިބު ނާގަރާޖް ނައިޑޫ ކުމާރު އައްޔަން ކުރައްވާފައިވާކަމަށެވެ. އަދި އާންމު މަޖިލީހުގެ ރައީސް ގެ ހާއްސަ މަންދޫބަކަށް ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހަސަން އައްޔަން ކުރައްވާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެެވެ.

ޝާހިދު މަގާމަށް އިންތިޚާބު ކުރުމާއެކު އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ޝާހިދުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރާނީ އިންޑިއާގެ ރައްޔިތެއް ކަމަށް ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-16

ނައިބްޒައީމް

13-Jun-2021

މިހާރު މައި ސަރުކާރަކީ އިންޑިޔާ ނޫންތޯ. ދެން ދިވެއްސަކު ހަމަޖައްސަންޖެހޭ ޤާނޫނީ ހަމައެއްނެތެއްނު. ކޮލޮނީއިން ހަމަޖެއްސޭނީ މައިސަރުކާރުން ހުއްދަދިނީމަ.ޝާހިދު އެ މަގާމް ހޯދީ ދުވެހިންގެ މިނިވަންކަން ވިއްކާފަ.


3

އަހުމަދުއަލީ

13-Jun-2021

އެމީހަކީއިހުސާނުތަ؟ ހާދައަވަހަށް ފެންބޮވާތިގަތީ!؟


-4

ބޮޑަނަ

13-Jun-2021

އިޙުސާނު ދިބުނީ ރަނގަޅަށް އެކަމަކު ތިކަންވާނެ ހަމަ އެއްވެސް ގޮތެއްނެތް އެހެނީ ފަހެ ޝާހިދު އެމަޤާމަށް ގެންއީ ހުޅަނގުގެ ނަޞާރާއިންނާއި ޔަހޫދީން އަޑީގާ ތިބެ އިންޑިއާ އިސްވެ އޮވެ ކުރިމަސައްކަތުން ޗީފް އޮފް ސްޓާފަކަށް ހުންނާނީ އިންޑިއާގެ ރައްޔިތެއް މިއދު އައްޑޫ މާދަން ތިލަދުންމަތި އަނެއްދުވަހު ހައްދުންމަތި މިއީ ބިރުހުރި ކަމެއް



ޓްރެންޑިން