މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް ސިޓީކައުންސިލްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް އެދިވަޑައިގެންފިއެވެ.

އެގޮތުން ޒަމާނީ ޓޮއިލެޓާއި ވާރެއާއި ހިޔާވެވޭ ކަހަލަ ތަންތަން މާލެއަށް ބޭނުންވާކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

"ޔޮޓްފަހަރުގެ ގެސްޓުން ފައިބާނެ ޖެޓީ އެމްޓީސީސީއާއި ގުޅިގެން އެބަހަމަޖެހޭ." ޑރ. މައުސޫމް ވިދާޅުވިއެވެ.

މާލޭގައި ހުރި އާސާރީ ތަންތަނާއި އެހެނިހެން ޚިދުމަތްތައް ހޯދަން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެއަށް ޒިޔާރަތްކުރެއެވެ. މީގެކުރިންވެސް މާލެ ސިޓީ ކައުންސިލުން ވަނީ މާލޭ މަސްވެރިންގެ ޕާކުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން އިމާރާތެއް ވެސް ތަރައްޤީކޮށްފައެވެ.

ފަތުރުވެރިން މާލެއަށް ޒިޔާރަތްކޮށް މާލެތެރެ ބަލާލައި މާލޭގެ ތަންތަނަށް ޒިޔާރަތްކޮށް އުޅޭއިރު ބޭނުންކޮށްލާނެ ފެންވަރު ރަނގަޅު ފާޚާނާތަކެއް ނެތުމުން ވަރަށް ހިތްދަތި އަދި ލަދުވެތިވާންޖެހޭފަދަ ހާދިސާތައް ވެސް ދިމާވެފައި އެބަހުއްޓެވެ. މިކަމަކީ ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން