ޓޫރިޒަމް ދާއިރާގެ ބައެއް ޓެކްސްތައް ދެއްކުމުގެ ސުންގަޑި މީރާއިން ފަސްކޮށްދީފިއެވެ.

މީރާއިން ބުނީ ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށް، މިއަހަރުގެ އެޕްރީލް މަހަށް ހުށަހަޅަންޖެހޭ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާނާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި، އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްދީފައިވާ ކަަމަށެވެ.

އެގޮތުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކާ ހުރިހާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތައް ފަސްކޮށްދީފައިވާކަމަށް މީރާއިން ބުނެއެވެ. އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން މިދިޔަމަހުގެ 27 ވަނަ ދުވަހުން ފެށިގެން މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފަށާ ދުވަހާ ދެމެދު އަންނަ ސުންގަޑިތައްވެސް ފަސްކޮށްދީފައިވާކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.



ފަސްކޮށްދީފައިވާ ސުންގަޑިތަކުގެ އައު ސުންގަޑިތައް މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފެށުމުން އިޢުލާންކުރާނެ ކަމަށް މީރާއިން ހާމަކޮށްފައި ވެއެވެ.

މީރާއިން ވަނީ ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ޚިދުމަތް ހޯދުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން