އަހުމަދު މަސްނޫމް   10 ޖޫން 2021 - 15:46
މިއަދަށް ތާވަލްކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައި އޮތްނަމަވެސް މިހާރު ވަނީ ޝަރީޢަތް ކެންސަލްކޮށްފައެވެ. ނަމަވެސް އެއީ ކީއްވެގެންކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް ކެންސަލްކުރިއިރު، އޭނާ ވަނީ ޝަރީޢަތް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް އެދިފައެވެ. ނަމަވެސް ޕީޖީން ވަނީ އެ ހުށަހެޅުމަށް އިންކާރުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އޮފީހުން ވަނީ އެއީ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށް ބުނެ، އެ ހުށައެޅުމާ ދެކޮޅުކަން ކޯޓަށް އަންގާފައެވެ.

ޢަލީ ވަހީދުގެ ހުށައެޅުމާމެދު ކްރިމިނަލް ކޯޓުންވެސް އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ. އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާފައިވަނީ މިމައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށެވެ. އޭނާ ފުރައިގެން ދިޔައީ ތުރުކީ ވިލާތަށް ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭނާ މިހާރު ފިލައިގެން އުޅޭ ތަނެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަކަށް ނޭނގެއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުންނެވެ. އޭނާ ބޭސްފަރުވާއަށް ފުރުމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ވަނީ ޖާމިނުވެފައެވެ. ހަތަރު މަސް ދުވަހަށް އޮތް އެ އެއްބަސްވުން ހަމަވަނީ އިއްޔެ އެވެ. އެމައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން