07 ވަނަ އެޕިސޯޑް
==========
[އާދެ! ޝާޢިރާ މެޑަމް. ކަމަނާ ވިދާޅުވިގޮތަކަށް ހުރިހާ މަސައްކަތެއްވެސް އަޅުގަނޑު ކުރާނަން.] އިދުރީސް ބުންޏެވެ.
[ކުރީ ދުވަހު އިދުރީސް އެދުނު ކަންތައް އަހަރެން ހަނދާން އެބަހުރި. އިދުރީސްގެ ދަރިފުޅު ބޭސްފަރުވާއަށް ސިލޯނަށް ފޮނުވަން ބޭނުންވަނީ ކިހާ ފައިސާއެއްތަ؟] ޝާޢިރާ ވާހަކަ ދައްކަނީ ވަރަށް މަޑުމަޑުންނެވެ.
[ސީދާ އެކަމަށްދާނީ ކިހާ ފައިސާއެއް ކަމެއް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭނގެ. ކަމަނާ ތިޔައީ އަބަދުވެސް ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ކަނބަލެއް. ކަމަނާއަށް އެނގިވަޑައިގަންނަވާނެ ނޫންތޯ، އެފަދަ ކަމަކަށްދާނޭ ޚަރަދު.] އިދުރީސް އުފާވެފައި ހުރެ ބުންޏެވެ.
[އެންމެ ރަނގަޅު. އަހަރެން ދޭނަން ދެހާސް ޑޮލަރާއި ޓިކެޓް. އެވަރުން ނުވެއްޖެއްޔާ އަހަންނަށް އެންގީމާ ފަހުން ހަމަޖައްސައިދޭނަން. އަވަހަށް މިހާރު ކަލެޔާ ޙަވާލުވެފައިވާ މަސައްކަތާއިގެން ކުރިއަށްދޭ.] އޭގެކުރިން އޭނާ އެޢަދަދަށް ފައިސާ އިދުރީހާ ޙަވާލުކުރިއެވެ.
[އަދި ބުނަން، ވީޑިއޯ ކްލިޕް އިލްޔާސްގެ ފޯނަށް ފޮނުވާނީ، އަހަރެން އިޝާރާތް ކުރީމާ.] އިދުރީސް ހިނގައިގަތީމާ ޝާޢިރާ ބުންޏެވެ.
[އާދެ، މައްސަލައެއް ނެތް. ކަމަނާ ވިދާޅުވި ގޮތަކަށް.] އިދުރީސް ދިޔައީ ނާއިލް އުޅޭ ބަޔާ ދިމާއަށެވެ. އޭނާ އެބަޔަށް ވަނީ އެތާނގެ ދޮރުތަކުގެ ބިއްލޫރި ސާފުކުރުމުގެ ނަމުގައެވެ.
އާދެ، އެތަކެއް ޒަމާންތަކަކަށްފަހު، ނާޒިމާއަށް ޢާންމު ޙާލަތަކަށް އާދެވިދާނެ ކަމުގެ އުއްމީދުގައި ނާއިލްއާއި ސިޔާ މަސައްކަތް ފެށީ ޝާޢިރާއާ ޙަވާލުކޮށްގެން އެއްވެސް ލުޔެއް މަންމަގެ ބައްޔަށް ލިބެމުންދާތަން ފެންނަން ނެތީމައެވެ.
[އަހަރެން ހޯދާފައިވަނީ ވަރަށް މޮޅު މީހެއް. އެއީ ވަރަށް ކުޅަދާނަ މީހެއް. އަހަންނަށް ޔަޤީން، ފާލު ބަލާފައި ބުނާ ވާހަކަ ވަރަށް ބޮޑަށް ދިމާވާނެ.] ސިޔާދު ބުންޏެވެ.
[ތިބުނާ އަލިތައްޚާން މިގެއަށް ގެންނަންވީނު. އަހަރެންވެސް ބޭނުން، ތިމީހަކާ ވާހަކަ ދައްކާލަން.] ނާއިލް އެދުނެވެ.
އެއީ ޝާޢިރާ އެތަނަށް އައިސް ހުއްޓުނު ވަގުތެވެ. ޝާޢިރާ އައިސް މަޑުކުރުމާއެކު އަލިތައްޚާނުގެ ވާހަކަ ނާއިލް ކިޔާދިނެވެ.
ޝާޢިރާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ބާރު ބޮނޑިއެއް އަޅާލީހެންނެވެ.
[އަލިތައްޚާނޭ! ތިމީހަކު ކޮބައިތަ؟] ހާސްވެފައި ހުރި ޝާޢިރާ އެއްސެވެ.
[މިރޭ އޭނާ މިގެއަށް ގެންނާނަން. މިރޭ މިގޭގައި ހުރެ އޭނާ ފާލުވެސް ބަލާނެ. އެއަށްފަހު އޭނާ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނީ.] ޝާޢިރާއަށް ޖަވާބު ދިނީ ސިޔާދެވެ. ސިޔާދުގެ ވާހަކައިން ޝާޢިރާއަށް އިތުރު ހާސްކަމާއި ނުތަނަވަސްކަން ކުރިމަތިވިއެވެ. އިސާހިތު ޝާޢިރާ ދާހިއްލާ ފޯވެއްޖެއެވެ.
[ތިބުނަނީ ވަރަށް މޮޅު މީހެއްތަ؟ އިތުބާރު ހުރި މީހަކު ލައްވައި އަހަރެމެން މަސައްކަތް ކުރުމަށް ބޭނުންވަނީ.] ޝާޢިރާ އޭނާގެ މޫނުމަތީގައި ހުރި ހާސްކަން ފިލުވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
[އާނ އެއީ ވަރަށް އިތުބާރު ހުރި މީހެއް. ވަރަށް ކުޅަދާނަ މީހެއް. މިރޭ އަހަރެން އޭނާ ގޮވައިގެން އަންނާނަން.] ސިޔާދު ވަރަށް އިތުބާރާއެކު މިހެން ބުނުމުން، ޝާޢިރާ ފުން ނޭވާއެއް ލުމަށްފަހު އެތަނުން ނުކުމެއްޖެއެވެ.
އެވަގުތު ނާޒިމާއަށް މެންދުރު ކާން ދިނުމަށްފަހު ޒޭނާ ތަށިތައް ހިފައިގެން ކޮޓަރިން ނުކުތްތަން ނާއިލަށް ފެނުމުން ނާއިލް ޒޭނާއަށް ހަނާއެޅިއެވެ.
ބޯޖަހާލުމަށްފަހު ޒޭނާ ތަށިތައް ހިފައިގެން ދިޔައެވެ.
[ނާއިލް ތީ ވަރަށްބޮޑު ނަޞީބުވެރިއެއް. މިބުނީ ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރު ކުރުމުގެ ވާހަކަ...ޒޭނާއަކީ ރީތި ހުރިހާ ސިފަތަކެއްވެސް މިލްކުވެގެންވާ، ރިވެތި އަޚްލާޤެއްގެ ވެރި އަންހެން ކުއްޖެއް.] ޒޭނާގެ ފަސްބަލަން ހުރެފައި ސިޔާދު ޒޭނާއަށް ތަޢުރީފު ކުރިއެވެ.
[ތިވަރަށް ތަޢުރީފު ނުކުރޭ، އެސްފީނާ ޖެހިދާނެ. އެކަނިވާ ކޮންމެފަހަރަކު އަހަރެންގެ ހިތަށްވެސް އަރާ، އަހަންނަށް ޒޭނާއާ ބައްދަލުވިކަމީ، ލިބުނު ނަޞީބެކޭ.] އުފާވެފައި ހުރެ ނާއިލް ވާހަކަ ދެއްކިއެވެ.
ޝާޢިރާ އެފަހަރުވެސް ކޮޓަރިއަށް ގޮސް އެކަނިހުރެ މުޙްސިނަށް ގުޅިއެވެ. ނަމަވެސް މިހާރު މުޙްސިން ޑިމާންޑް ކުރަމުންދަނީ ފައިސާގެ ބޮޑެތި ޢަދަދުތަކަށެވެ. އެހެން ނަމަވެސް، އެއީ މިވަގުތަށް ބަލާއިރު ޝާޢިރާ ދެވޭނޭވަރުގެ ޢަދަދުތަކެއް ނޫނެވެ. ވުމާއެކު، ޝާޢިރާ މާޔޫސްވެގެން ފޯނު ކަނޑާލިއެވެ.
މިހާރު ވިސްނާ ވިސްނާ ޝާޢިރާގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ.
މިހާރު އޭނާއަށް ފެންނަމުންދަނީ ފާއިތުވެދިޔަ ސަތާރަ އަހަރު ދުވަހު އޭނާ އުޅެމުން އައި އުފާވެރި ދިރިއުޅުން ނިމިގެންދާ މަންޒަރެވެ. ލޯމަތިން އެހިތްދަތި މަންޒަރު ސިފަވަމުންދާ ކަހަލައެވެ.
ޔަޤީނެވެ. އޭނާގެ ފަތިފުށް، އެޢާއިލާގެ ތެރެއަށް ހާމަވެ އެނގޭ ހިސާބުން ޢާއިލާގެ އެއްވެސް މެމްބަރެއްގެ ރުހުމެއް އޭނާއަކަށް ނޯންނާނެއެވެ. އެންމެންގެ މިޞްރާބު ހުންނާނީވެސް ސީދާ އޭނާއާ ދުރަށެވެ.
[ހެޔޮނުވާނެ މުޙްސިން އަހަންނަށް އެހީތެރިވެދީ. މުޙްސިން ތިހެން ހެދީމާ، އަހަރެމެންގެ ކުދިންކޮޅުވެސް ހާދަ ބޮޑަށް ނިކަމެތިވާނެޔޭ. ތިގޮތަށް ފައިސާއަށް ޑިމާންޑްނުކޮށް، އަހަންނަށް އެހީވެދީބަލަ. ތިކިޔާ ޢަދަދަށް އެއްފަހަރާ ފައިސާ ނުދެވުނަސް، އެކިފަހަރު މަތިން ތިޢަދަދުވެސް ހަމަކޮށްދޭނަން.] ޝާޢިރާ އެންމެފަހުން މުޙްސިނަށް އާދޭސް ކުރަން ފެށިއެވެ.
[މައްސަލައެއް ނެތް. އަހަރެން ތިމަސައްކަތް މިފަށަނީ. މިފަހަރު އަހަރެން މަސައްކަތް ކުރާނީ އޭނާގެ ދުވަސް ވަގުތުން ވަގުތަށް ދުއްވާލަން. އޭނައަށްފަހު އިލްޔާސްގެ ދުވަސްވެސް ދުއްވާލާނަން.] މުޙްސިން އެއްބަސްވިއެވެ.
[ވަރިހަމަ، އެދެމީހުން އެކުގައިވިޔަސް ވަރިހަމަ. އޭރުން އަހަންނާއެކު މުޙްސިން އުޅޭނަމެއްނު.] ޝާޢިރާ ބުންޏެވެ.
އެރެއެވެ. ސިޔާދު އަލިތައްޚާން ގޮވައިގެން އެގެއަށް އައީ ރޭގަނޑުގެ ކެއުމަށްފަހު ޝާޢިރާމެން ޓީ.ވީ ބަލަން ތިއްބައެވެ. އޭރު އިލްޔާސްވެސް ޓީ.ވީއިން ޚަބަރު ބަލަން އިނެވެ.
[މިހުރީ ތައްޚާނު. މިހާރު މިއުޅެނީ ފުރަތަމަ ފާލު ބަލަން. ހިނގާ ނާޒިމައްތަގެ ކޮޓަރިއަށް.] ސިޔާދު ތައްޚާނު ގޮވައިގެން ގޮސް ނާޒިމާގެ ކޮޓަރިއަށް ވަނެވެ. ފަހަތުން އިލްޔާސާއި ޝާޢިރާވެސް ދިޔައެވެ. ޝާޢިރާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ނާއިލްވެސް އޭރު މަންމަގެ ގާތުގައި ކޮޓަރީގައި ހުއްޓެވެ.
ކޮޓަރިއަށް ވަދެ އިށީނުމަށްފަހު، އަލިތައްޚާން، އޭނާގެ އަތުގައި އޮތް ފޮތް ހުޅުވާލައި ފާލު ބަލަން ފެށިއެވެ. ތައްޚާނުގެ މަސައްކަތް ކުރިއަށްދާވަރަކަށް ޝާޢިރާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.
[ނާޒިމާއަށް މި ހާލު ޖެހިގެން މިއުޅެނީ ކޮންމެވެސް މީހެއްގެ ސިހުރަކުން. މިހާރުވެސް ނާޒިމާ މަރާލަން އެބަޔަކު މަސައްކަތް އެބަކުރޭ....އެކަމަކު އެކަމެއް ނުކުރެވޭނެ. އަހަރެން ނާޒިމާ ރަނގަޅު ކުރާނަން.] ތައްޚާނުގެ މިޖުމްލައިން އެންމެންނަށްވެސް ބޮޑު ޝޮކެއް ލިބުނެވެ. ޚާއްޞަކޮށް، ޝާޢިރާއަށް ހީވީ ވަރަށްބޮޑު ނުތަނަވަސްކަމެއް ލިބުނުހެންނެވެ.
[ކާކުބާ؟ ތިވަރުގެ ނުބައި ކަމެއް ކުރަނީ. އަހަރެންގެ މަންމައަށް ތިވަރުގެ އަނިޔާއެއް ކުރާ މީހަކީ ކާކުކަން އަލިތައްޚާނަށް ހޯދޭނެތަ؟] ނާއިލް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
[ހޯދޭނެ. އިރާދަކުރެއްވިއްޔާ އެކަން ހޯދާނަން. ނާޒިމާ ޢާންމު ޙާލަތަށްވެސް ގެނެވޭނެ. ޙަޤީޤަތުގައި ތިކުދިންނަށް މިކަމާ އަޅާނުލެވި އިތުރަށް ދުވަސްތައް ދިގުދެމިގެންދިޔަނަމަ، ނާޒިމާގެ ފުރާނައަށް ނުރައްކާވީސް.] އަލިތައްޚާން އަނެއްކާވެސް އޭނާގެ ފަންޑިތަ ފޮތް ހުޅުވާލިއެވެ. އޭރު ޝާޢިރާ ދާހިއްލާފޯވަނީއެވެ.
[ޝާޢިރާ......] ގަބުއަރާފައި އިން ޝާޢިރާ ސިހުނީ އިލްޔާސްގެ އަޑުންނެވެ. ޝާޢިރާއަށް ތެޅިގަނެވުނެވެ.
[އާނ...އިލްޔާސް، އަހަރެންގެ ހިތަށް އަރަނީ ކުށެއްނެތް އަންހެނަކާމެދު ޙަސަދަވެރިވެގެން އެވަރުގެ ނުބައި ޢަމަލުތަކެއް ހިންގާނީ ކޮންބައެއްބާއޭ. މިޢާއިލާއަށް އެވަރުގެ ބޮޑު ގެއްލުމެއް ދިނީ ކޮންބައެއްބާއޭ.] ޝާޢިރާ، އޭނާގެ ލޮލަށް ކަރުނައިގެ އަސަރު ވެރިކުރުވިއެވެ.
[ދެރަނުވޭ ޝާޢިރާ....އިރާދަކުރެއްވިއްޔާ، އަހަރެމެންނަށް އެމީހަކު ހޯދޭނެ.] އިލްޔާސް ޝާޢިރާގެ ބޮލުގައި ފިރުމާލިއެވެ.
[އަހަރެންގެ މިމަސައްކަތަށް ހަފްތާއެއްހާ ދުވަސް ނަގާނެ. ފުރަތަމަ ޖެހޭނީ މިގެއަށާއި ނާޒިމާއަށް ކޮށްފައި ހުރި ކަންތައްތައް ބާޠިލު ކުރަން މަސައްކަތް ކުރަން. ފާއިތުވެދިޔަ ސަތާރަ ވަރަކަށް އަހަރު ދުވަހު ވަރަށްގިނަ ކަންތައްތައް ކުރެވިފައި ހުންނާނެ.] އަލިތައްޚާން ބުންޏެވެ.
އަލިތައްޚާން އެހެން ބުނި ވަގުތު ސިޔާދަށް ބަލައިލެވުނީ ޝާޢިރާގެ މޫނަށެވެ. އެހިނދު ޝާޢިރާގެ މޫނުމަތިން އޭނައަށް ފެންނަމުން ދިޔައީ ނުހަނު ހާސްކަމާއި ނުތަނަވަސްކަމެވެ. އެހެންކަމުން ޝާޢިރާގެ ޙަރަކާތްތައް ބެލުމަށް އެހިނދުން ފެށިގެން އޭނާ ޝައުޤުވެރިވިއެވެ.
[ނާޒިމާއަށް ޙަސަދަވެރިވެ ތިކަންކުރާ މީހަކީ އަނެއްކާ އަންހެނެއްތޯ، ފިރިހެނެއްތޯ ބެލިދާނެތޯ؟] ނާއިލް އެއްސެވެ.
[އާނ މިކަމުގައި ޙަރަކާތްތެރިވަނީ ކިހާ މީހުންނެއްތޯވެސް ހޯދޭނެ.] އަލިތައްޚާން މިހެން ބުނި ވަގުތަކީ ޝާޢިރާގެ މޯބައިލް ފޯނު ރިންގުވާން ފެށި ވަގުތެވެ. ގުޅީ އޭނާގެ ފިރިހެން ދަރިފުޅު ނާއިޝްއެވެ.
[ދަރިފުޅާ ކޮންއިރަކުންތަ މާލެ އަންނަނީ. ކޮއްކޮ ކިހިނެއް. މިހާރު ޗުއްޓީވެސް ވެއްޖެއެއްނު.] ޝާޢިރާ ފޯނުން ވާހަކަ ދައްކަމުން ކުޑަކޮށް އެއްފަރާތަށް ޖެހިލިއެވެ.
[ފެށޭ މަހުގެ ފަހުކޮޅު އަހަރެމެން ދާނަން. ބައްޕަ ގާތުވެސް ބުނާތި.] ނާއިޝް ބުންޏެވެ.
[ދަރިފުޅާ އިރުކޮޅެއްފަހުން މަންމަ އެބަގުޅަން އިނގޭ.] ޝާޢިރާ ފޯނު ބޭއްވިއެވެ. އޭރު އަލިތައްޚާނު އަނެއްކާވެސް ފާލު ބަލަނީއެވެ. އަލިތައްޚާނުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް ޝާޢިރާގެ ހާސްކަން އިތުރުވަމުން ދަނީއެވެ. އޭރު އެކޮޓަރިތެރޭ އެނދުގައި، އެހުރިހާ މަންޒަރުތަކެއް ބަލައި، ދައްކާ ވާހަކަތައް އަޑުއަހަމުންދާ ނާޒިމާއަށް ރޮވެނީއެވެ.
[އެކަން ކުރަނީ ފިރިހެނެއް. އެކަމަކު އެމީހަކު ލައްވާ އެކަން ކުރުވާ ނާޒިމާގެ ޙަސަދަވެރިޔަކީ އަންހެނެއް. އެމީހަކީ ކާކުކަންވެސް ހޯދޭނެ. އަހަރެން މަސައްކަތް ފެށީމާ، އެމީހާއަށް ނުހުރެވިގެން އަމިއްލައަށް އައިސް އިޢްތިރާފުވާނެ.] އަލިތައްޚާނު ހީވީ ޝާޢިރާގެ ބޮލުގައި ބާރު އެތިފަހަރެއް ޖެހިހެންނެވެ.
[އަންހެނެކޭ! ތިޔައީ ކާކު ކުރާ ކަމެއްބާ. އަލިތައްޚާނު ލަސްނުކޮށް ތިޔަ މީހަކީ ކާކުތޯ ބަލާލަދީ.] ޝާޢިރާ އޭނާގެ މޫނުމަތީގައި ހުރި ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ. އެހެން ނަމަވެސް، އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. މިހާރު ކުރިމަގު ފެންނަ ގޮތުން އޭނާގެ އުފާވެރި ދިރިއުޅުމަށް ބަނަކަން އައިސް، އޭނާ ނިކަމެތިވުމުގެ ދުވަސްތައް، އޭނާގެ އަތްފޯރާފަށަށް އަންނަނީއެވެ.
[ތިކަމެއް ކުރާ މީހަކީ އަންހެނަކަށް ވިޔަސް، ފިރިހެނަކަށް ވިޔަސް، ތިބަޔަކު އިންޞާފުގެ ކުރިމައްޗަށް ގެނެސް، ޙައްޤު އަދަބު ދެވެންވާނެ.] އޭނާގެ ލޮލަށް ކަރުނައިގެ އަސަރު ވެރިކުރުވަމުން ނާޒިމާ އޮތް އެނދުގެ މަގަތުގައި އިށީނދެ، ނާޒިމާގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ފޮހެދޭން އުޅުނެވެ. އެވަގުތު ނާޒިމާ، ޝާޢިރާ އަތްލިޔަ ނުދޭންވެގެން އެއްފަރާތަށް އެނބުރުނު މަންޒަރު ފެނުނީވެސް ފާރަވެރިވެ، އޭނާގެ ޙަރަކާތްތަކަށް ބަލަމުންދާ ސިޔާދަށެވެ.
ނާޒިމާގެ އެޙަރަކާތާމެދުވެސް ސިޔާދު ވަރަށް ބޮޑަށް ވިސްނިއެވެ.
ނަމަވެސް، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ލިބިގަތުމަށްފަހު ނޫނީ އޭނާ އެއްވެސް ވާހަކައެއް ނުދައްކާނެއެވެ.
[އަޅުގަނޑު ސީދާ މަސައްކަތް ފަށާނީ މިހާރު ނިމެމުންމިދާ މަސް ނިމި، ފެށޭ މަހުގެ ކުރީ ހަފްތާ ތެރޭގައި. އަޅުގަނޑު ޔަޤީންކަންދެން، ﷲގެ ވާގިފުޅާއެކު ނާޒިމާ ޢާންމު ޙާލަތަށް ގެނެވި، ނާޒިމާގެ ހަލާކަށް ސިހުރު ހަދަމުންދާ މީހުންވެސް ހޯދޭނެ.] އަލިތައްޚާނު ފޮތް ލައްޕާލިއެވެ.
[މަންމާ...ދެން ހިތާމަ ނުކުރޭ. އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހަކު މަންމަ ތިހާލުގައި އުޅޭކަށް ނުޖެހޭނެ. މަންމަ ތިހާލުގައި ޖެއްސި ބަޔަކަށް އަހަރެމެން ތިހާލު ޖައްސާނަން. އެބަޔަކަށް އަހަރެން ދުވަހަކުވެސް މަޢާފެއް ނުކުރާނަން.] ނާއިލް މިހެން ބުނެފައި މަންމަގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދިނެވެ. އޭރު އެތަނުގައި ޒޭނާވެސް ހުއްޓެވެ. ޒޭނާ ހުރީ އެވަގުތުވެސް ކޮޓަރިތެރެ ސާފުކުރުމުގެ މަސައްކަތުގައެވެ.
[މިރެއިން މިރެއަށް އެއްވެސް ކަމެއް ނުކުރެވޭނެތަ؟] ސިޔާދު އެއްސެވެ.
[އާނ މިރެއިން މިރެއަކަށް މާބޮޑު ކަމެއް ނުކުރެވޭނެ. އެހެން ނަމަވެސް، މާދަމާ އަޅުގަނޑު ތަވީދެއް ލިޔެފައި ދޭނަން. ފުރަތަމަ ޖެހޭނީ ކުރިންވެސް އަޅުގަނޑު ބުނި ފަދައިން މިގެއަށް ކޮށްފައި ހުރި ކަންތައްތައް ބާޠިލް ކުރަން.] އަލިތައްޚާނު މިހެން ބުނެފައި، އޭނާގެ ފޮތްތައް ދަބަހަށްލިއެވެ.
އެރެއަކީ ޝާޢިރާގެ މުޅި ޙަޔާތުގައިވެސް އޭނާ، އެންމެ ކަންބޮޑުވެ ނުތަނަވަސްވި ރެއެވެ. އެރޭ އޭނާގެ ލޮލަކު ކުޑަކޮށްވެސް ނިދީގެ އަސަރެއް ނެތެވެ. އަނެއް ދުވަހަށް އަލިވިލުނުއިރުވެސް އޭނާ އޮތީ ވިސްނާށެވެ.
[ޝާޢިރާ، ކޮން ވިސްނުމެއްގަ....] ފެންވަރައިގެން ނިކުތް އިލްޔާސް ޝާޢިރާގެ އިޙްސާސްތައް ދެނެގަތެވެ. އިލްޔާސްގެ އަޑުން ޝާޢިރާ ތެޅިގަތެވެ.
[އަހަރެން މިވިސްނަނީ ކުދިންނާ މެދުގައި. އެނގޭތަ ރޭގަ ނާއިޝް ގުޅި. ބުނީ ފެށޭ މަސްތެރޭ މާލެ އަންނަން ބޭނުންވާ ވާހަކަ. މިއިން ދުވަހަކުވެސް އިލްޔާސް އެއިން ކުއްޖަކާ ގުޅިންތަ؟] ޝާޢިރާ ޝަކުވާގެ ރާގުގައި ބުންޏެވެ.
[ހަފްތާއެއްހާ ދުވަސްވެއްޖެ ގުޅާނުލެވޭތާ. ނަޝާގެވެސް ޚަބަރެއް ބަލައިނުލެވޭތާ ހަފްތާއަކަށްވުރެން ގިނަ ދުވަސް ވެދާނެ. އެންމެ ރަނގަޅު، އެކުދިން ބަލައި އަހަރެމެންގެ ދެމަފިރިން އެކޮޅަށްދާނީ......އޭރުން އެކުދިންވެސް އުފާވާނެއެއްނު. އަހަރެންވެސް އެބަޖެހޭ ޑޮކްޓަރަށް ދައްކާލަން. ނާއިލް ވަރަށް ތުއްތުއިރު އަހަރެން ލޯންޗް ވަތަށް ވެއްޓި ވީގެއްލުމެއްވެސް އަހަރެން ބަލައެއް ނުލަން. މިހާރު ވޭންއަޅާ.] އިލްޔާސް ބުންޏެވެ.
[އެންމެ ރަނގަޅު. އެކޮޅަށް ގޮސް މެޑިކަލް ހަދައިގެން އަންނާނީ.] އިލްޔާސް މެޑިކަލް ޗެކަޕް ހެދުމުން ޝާޢިރާއަށް ލިބޭނޭ ގެއްލުން ނުވިސްނޭތީ، ޝާޢިރާ ބުންޏެވެ.
ޙަޤީޤަތުގައި އިލްޔާސް މެޑިކަލް ހަދައި އޭނާގެ ޞިއްޙީ ޙަޤީޤަތް ހާމަވެއްޖެނަމަ، އެއީ ޝާޢިރާގެ ދިރިއުޅުމަށް ބޮޑު ޠޫފާނެއް އައުންފަދަ ހިތްދަތި ކަމަކަށްވާނެއެވެ.
އެދުވަހު އެދެމަފިރިން ވާހަކަ ދެއްކުމަށްފަހު އެއްބަސްވީ، ފެށޭ ހަފްތާ ތެރޭގައި ނަޝާއާއި ނާއިޝް ބަލައި ސިންގަޕޫރަށްދާށެވެ. އެހެންވެ އެދުވަހު ހެނދުނު ނާސްތާ ކުރަން ތިބެފައިމެ، އިލްޔާސް ނާއިލް ގާތު އެވާހަކަ ބުންޏެވެ. އަދި މަންމަގެ ފަރުވާގެ ކަންތައް ފަރުވާ ބަހައްޓައިގެން ކުރުމަށްވެސް އޭނާ ނާއިލަށް ނަޞޭޙަތްތެރިވިއެވެ.
[ބައްޕާ، ބައްޕަ ޑޮކްޓަރަށް ދައްކާލަންދާއިރު، ޙަޤީޤަތުގައި އަހަރެންވެސް ބޭނުންވޭ ހުންނަން. ފަހަރެއްގައި އޮޕަރޭޝަނެއްވެސް ކުރަން ޖެހިދާނެ. ކޮއްކޮމެން އަދި ވަރަށް ޅަވާނެ. ބައްޕަ އެކޮޅަށް ގޮސް ބޮޑުކަމެއް ދިމާވެއްޖެއްޔާ އަހަންނަށް ގުޅާތި.] ނާއިލް ބުންޏެވެ.
[މައްސަލައެއް ނެތް ބައްޕަ ގުޅާނަން. އަލިތައްޚާނު ލައްވައި ރަނގަޅަށް މަސައްކަތް ކުރުވާތި.] އިލްޔާސް ތަކުރާރު ކުރިއެވެ.
[އަހަރެން ސައްވީސް ގަޑިއިރު ހޭލާ ހުންނަން ޖެހުނަސް މަންމަގެ ފަރުވާގެ ކަންތައް ކުރާނަން. ބައްޕާ މަންމަ ރަނގަޅު ވެއްޖެއްޔާ މަންމައަށް އެނގޭނެ ނޫންތޯ މަންމަގެ ޙަސަދަވެރިއަކީ ކާކުކަންވެސް. އެހެންވެ ބޮޑަށް މަސައްކަތް ކުރަން މިއުޅެނީ މަންމަ އެކީ ރަނގަޅުވޭތޯ. އިރާދަކުރެއްވިއްޔާ، އުއްމީދު އެބައޮތް.] ނާއިލް ފުން ނޭވާއެއްލިއެވެ.
ޝާޢިރާ ފުރުމުގެ ކުރިން މުޙްސިނަށް ގުޅާފައި ތަންކޮޅެއް ބޮޑަށް މަސައްކަތް ކޮށްގެން ނާޒިމާގެ ކިބައިން އޭނާ ސަލާމަތް ކުރުމަށް އެދުނެވެ.
އަދި އިދުރީސް މެދުވެރިކޮށް، އޭނާ ލިޔެދޭ ތަށި ނާޒިމާއަށް ދެވޭނޭ ގޮތްވެސް އޭނާ ހަމަޖެއްސިއެވެ.
އަދިވެސް އޭނާ އުއްމީދު ކުރަނީ، އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް ވަމުންދާނެ ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ކުށްހީއެކެވެ.
އޭގެ ދެތިން ދުވަސްފަހުން ޝާޢިރާއާއި އިލްޔާސް ފުރައިގެން ސިންގަޕޫރަށް ދިޔައެވެ. އެމީހުން ސިންގަޕޫރަށް ގޮސް ފުރތަމަވެސް މަސައްކަތް ކުރީ އިލްޔާސް ޑޮކްޓަރަށް ދެއްކުމަށެވެ.
އެކަމަށް ބާރުއަޅައިގެން މަސައްކަތް ކުރުވަނީ ސީދާ ޝާޢިރާއެވެ. ބައެއްފަހަރު ޝާޢިރާ އުޅޭގޮތުން އެހެން ކޮންމެވެސް ރޭވުމެއް އޭނާ ރާވަމުންދާ ކަމަށްވެސް ބެލެވެއެވެ. އެހެން ނަމަވެސް، މިފަހަރު އޭނާ ރާވައިގެން ކަމެއް ހިންގަން މަސައްކަތް ކުރުމުގައި ނާކާމިޔާބުވުމަކީ އޭނާއާއި އިލްޔާސްގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހޭނޭ ކަމެކެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު