ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ (ކ) އާއި، ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު (ވ)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ (ކ) އާއި، ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު (ވ)
ސިޔާސީ މަގާމެއްގައި ހުރިހާ ދުވަހަކު ސަރުކާރު ދިފާއު ކުރާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތައް ބޮޑުވެ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ މިދަނޑިވަޅުގައި މޫކޭ ވިދާޅުވީ އޭނާ ހުރި ސްޓޭންޑް އޮޅުން އަރާފައިވާ ފަރާތްތަކަށް އެކަން ސާފުކޮށްދޭން ބޭނުންވާކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރިހާ ހިނދަކު، ސަރުކާރަށް އަމާޒުކުރާ ހަމަލާތަކުގެ ދިފާއުގައި ބަސް ނުބުނާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެެވެ. އެހެންނޫނީ ސިޔާސީ މަގާމްތަކުގައި ތިބުުމުގެ މާނައެއް ނެތްކަމަށްވެސް މޫކޭ ވިދާޅުވިއެެވެ.



މޫކޭގެ ވާހަކަތަކަށް ރަށްދު ދެއްވަމުން ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު މިއަދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަކީ ރައީސް އައްޔަނުކުރަށްވާ ސިޔާސީ މަޤާމެއް ނޫން ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ، ސިޔާސީ މަޤާމު ތަކަކީ ޤާނޫނުއަސާސީ ގެ 132 ގައި ޒިންމާއޮތް ވަޒީރުންނާއި، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަށް އެހީތެރިވުމަށް އެމަނިކުފާނު އެކި މަޤާމުތަކަށް އިސްކުރާ ފަރާތްތައް ކަމަށެވެ.

"ސަރުކާރު ކުންފުނިތަކުގައި ތިބޭނީ، ޕްރައިވެޓައިޒޭޝަން ޤާނޫނުގެ ހަމަތަކުގެދަށުން ވަކި ފެންވަރެއް ބަލައިގެން އިސްކުރެވޭ ފަރާތްތައް" ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.



އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހޫނުވެ މަޝްރަހު ގޯސްވެފައިވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާނެ ކަމަށްބުނެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒަމީލް ސޮއިކޮށް މަޖިލީހަށް ސިޓީއެއް ފޮނުވުމުން، އޭނާގެ މައްސަލަ ބެލުމަށް ރައީސް ނަޝީދު އިމްތިޔާޒް ކޮމިޓީއަށް މައްސަލައެއް ހުށައެޅުއްވުމުން އެ ކޮމިޓީން އެ މައްސަލަ ބޭރުކޮށްލުމާއި ގުޅިގެންނެެވެ.

މިމައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރަން ބާރުއަޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ މައްސަލައިގައި މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް އެމަނިކުފާނު ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، އެމައްސަލައިގެ ވަށައިގެން ހުރި ކަންކަމާއި އެކި ދިމަދިމާލަށް ސަމާލުކަން ގެންގޮސް މުޅި މައްސަލައިގެ އަސްލު މިހާރު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"މިއީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ދާންވީ ވަގުތެއްނޫން. ރާއްޖޭގައި އެބަހުރި އެއަށް ވުރެ މާ ބޮޑެތި ކަންކަން ހައްލު ކުރަން. އަޅުގަނޑުގެ އެދުމަކީ އެކަމަށް އަމާޒު ހިފައިގެން ކުރިޔަށް ވަޑައިގަތުން." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-22

ނާ

13-Jun-2021

މީހެއްގެ ފުރާނަ ދުއްވާލުމަށް ޙަމަލާ ދިނުމަށްވުރެ ބޮޑު މައްސަލައެއް ނޯންނާނެ! ވެރިކަމާ ހެދި މޮޔަވިޔަސް ތީ ބޮޑުވަރު



ޓްރެންޑިން