ޢުމަރު ނަސީރު
ޢުމަރު ނަސީރު
އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ނޫސްވެރިންނާއި ލިޔުންތެރިން ކުރާ މަސައްކަތްތަކަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ހިއްވަރު ދެއްވައިފިއެވެ.

ޢުމަރު މިއަދު ވިދާޅުވީ، ރާއްޖެއަށް ޖަމާ ކުރަމުންދާ، އިންޑިއާގެ ސިފައިންނާއި، އަޅަމުންދާ މަރުކަޒުތަކާ، ގެންނަމުންދާ މިލިޓަރީ އުޅަދުތަކާ، ބަހައްޓަމުންދާ ރާޑަރުތަކާ، މި މަސައްކަތް ދެމެހެއްޓޭނެ ކަމުގެ އުއްމީދުގައި ޖަހަމުން ގެންދާ ފައިސާގެ ދަންތޫރަތަކާ، މި ކަމަށް މަގުފަހިކޮށްދޭ ސިޔާސީ ފަރާތްތަކާ ޕާޓީ ތަކަށް ދޭ ހަދިޔާތަކާ ބެހޭ ގޮތުން އެކިއެކި ޚަބަރުތަކާ މަޒްމޫނުތައް ގެނެސްދެއްވާ ނޫސްތަކަށް ސަރުކާރުން ދަތިކޮށް ހުރަސްއަޅަމުން ގެންދާއިރު، މިފަދަ ވާހަކަތަކުގައި މަތިޖަހާ އޮމާންކޮށްގެން ޚަބަރު ގެނެސްދޭ ނޫސްތަކަށް އިންޑިޔާގެ އެމްބަސީން ގެންދަނީ އެކި ބާވަތްބާވަތުގެ ސްޕޮންސަރދީ ދިވެހިންގެ ކަންބޮޑުވުންތަކުގެ އަޑު ކަޑުވާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ މިނިވަންކަމާ އަމިއްލަ ވަންތަ ކަމުގެ ހައްޤުގައި ލިޔުއްވަމުން ގެންދަވާ ލިޔުއްވުން ތެރިންނަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި، އެބޭފުޅުންގެ ލިޔުއްވުންތަކާ ޚަބަރުތައް ވީހާވެސް ގިނަ ބޭފުޅުން ސޯޝަލް މީޑިޔާގައި ޝެއަރ ކޮށްދެއްވާ، ލައިކް ދެއްވާ، ރީ-ޓްވީޓް ކޮށްދެއްވުމަކީ މި ޤައުމީ މަސައްކަތަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް ކަމަށް އުމަރު ވިދާޅުވިއެވެ.



"މިފަދަ ލިޔުއްވުންތަކާ، ޚަބަރު ތަކުގެ ލިންކް ޑީ،އެން،އޭ ގެ އަދި އަޅުގަޑުގެ ފޭސްބުކް ޕޭޖް، ޓުވިޓަރ އަދި ވައިބަރ ކޮމިޔުނިޓީ ގްރޫޕް ތަކުގައި ލިބެން ހުންނާނެއެވެ." ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވަނީ، “އައްޔަކަސް އަނދިރިއަކަސް ތިމަންނަ މެނަށް ހެވޭ" ބުނާ ޚާއިނުންގެ އަޑުތަކާ ދެކޮޅަށް އެންމެހާ ބޭފުޅުން ޝުއޫރު ފާޅު ކުރައްވާ، ކޮމެންޓް ކުރައްވާ، ސަރުކާރާ އިންޑިޔާއާއި ގުޅިގެން މި ހިންގާ މީޑިޔާ ޕްރޮޕެގެންޑާއާއި ދެކޮޅަށް މަސައްކަތް ކޮށްދެއްވައި، ސައްހަ ޚަބަރުތަކާ، ޤައުމީ މަޒްމޫނު ތަކަށް ބާރު ދެއްވާ ޤައުމިއްޔަތު ހޭލައްވާ ލެއްވުމުގެ މަސައްކަތުގައި ބައިވެރިވެ ލެއްވުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން