ސިޔާސީ ވާދަވެރިކަން އޮތް ނަމަވެސް އދ.ގެ ރިޔާސަތު ރާއްޖެއަށް ލިބުމުން މަރުހަބާ ކިޔަންޖެހޭ ކަމަށް ވިދާޅުވެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ރައްދު ދެއްވައިފިއެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިހެން ވިދާޅުވީ، ‏އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ ބަޖެޓުގައި 4،354،772 (ހަތަރު މިލިއަން ތިންސަތޭކަ ފަންސާސް ހަތަރުހާސް ހަތްސަތޭކަ ހަތްދިހަ ދޭއް) ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވި ވާހަކަތަކާއި ގުޅިގެން އެކަމަނާއަށް ޖަވާބު ދެއްވަމުންނެވެ. އަހުމަދު ތޯރިގް ވިދާޅުވީ ރިވެތި ގޮތަކީ ކިތަންމެ ވާދަވެރިކަމެެއް އޮތް ނަމަވެސް އދ.ގެ ރިޔާސަތު ރާއްޖެއަށް ލިބުމުން މަރުހަބާ ވިދާޅުވުން ކަމަށެވެ.

"އދ.ގެ ރިޔާސަތު ދިވެއްސަކަށް ލިބުނީތީއެވެ. ދިވެހިރާއްޖޭގެ ނަމަށްޓަކައެވެ. ކުޅިވަރުން އަޅުގަނޑަށް ދަސްވި ފިލާވަޅަކީ އެއީއެވެ." ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓޮމް ވިދާޅުވިއެވެ.



ކޯވިޑާއެކު އިގްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ މިދަތި ހާލަތުގައި ބޮޑު ހޭދައެއް ކޮށްގެން އދ. ގެ ރިޔާސަތު އެންމެ އަހަރަކަށް ހޯދުމަށް ކެމްޕޭން ކޮށްފައިވާތީ ދުންޔާ ނޫން އެހެން ފަރާތްތަކުން ވެސް ވަނީ އެކަމަށް ފާޑު ކިޔައި އެކަމުން ރައްޖެއަށް ލިބޭނެ ފައިދާއާއިމެދު ސުވާލު އުފައްދާފައެވެ.

ފޮރިން މިނިސްޓަރ ޝާހިދު މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލާއި ވާދަކުރައްވާ، ވަރަށް ބޮޑު ތަފާތަކުންނެވެ. އދ.ގެ ޢާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ޤައުމުން ބައިވެރިވި މި އިންތިޚާބުގައި މިނިސްޓަރ ޝާހިދަށް 143 ވޯޓް ވަނީ ލިބިވަޑައިގެންފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. މިއީ ފަހުގެ ތާރިޚުގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ރަސް

13-Jun-2021

އެވަރުގެ ކަމަކަށް 4 މިލިއަން އެއީ ކޮން އެއްޗެއް. ޔާމިން ގެ މޫނުމަތި ރީތި ކުރަންށާ ޖީ.އެމް.އާރ ބޭރު ކޮށްލަންށާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި މައްސަލަ އޮއްބާލަންށާ މިހެން ކިޔާނެ ކަމެއް ނެތް ޤައުމަށް ވުރެ ތިމާއަށާ ތިމާގެ ބޮޑުބޭބެގެ އަމިއްލަ އަންބޮނޑިއަށް ބޮޑުވާގޮތަށް ކުރި ބޭކާރު ޚަރަދު ތަކުގެ މަތިން ދިވެހިން ހަނދާނެއް ނުނެތޭ.



ޓްރެންޑިން