ކޮވިޑް-19 ގައި ރާއްޖެއިން މީހަކު ނިޔާނުވާތާ 24 ގަޑިއިރު ފަހުން ކޮވިޑްގައި މިއަދު މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 7:05 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އުމުރުން 60 އަހަރުގެ އެ މީހާ އަކީ އިތުރު ބަލިތަކަކަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 192 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު މިދިޔަ ހަފްތާއިން ފެށިގެން ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 323 މީހުންނެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 69،536 އަށް އަރާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން