އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަކީ ދިވެހިރާއްޖެއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި އެކަމާމެދު ދެބަސްވުމެއް ނެތް ކަމަށް އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ޚާރިޖީވުޒާރާއިން މިހެން ބުނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލުގެ ޖަވާބުގައި އިންޑިޔާގެ ޚާރިޖީވުޒާރާގެ ތަރުޖަމާން އަރިންދަމް ބަގްޗީ ވިދާޅުވީ މީޑިޔާ ރިޕޯޓުތަކާ ގުޅިގެން ވާހަކަ ދައްކަވަން ބޭނުންނުވާ ކަމަށެވެ. އައްޑޫ ސިޓީގައި އިންޑިޔާ ކޮންސިއުލޭޓެއް ހުޅުވުމަކީ ދިވެހިރާއްޖެއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި އެކަމާއި މެދު ދެބަސްވުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި އެއްވެސް ދެބަސްވުމަކަށް ޖާގައެއް އޮތް ކަމަކަށް ނުފެނޭ. ކޮންސިއުލޭޓެއް ނުވަތަ ޕޯސްޓެއް ހުޅުވަނީ އަބަދުވެސް އެ ތަނެއް ޤާއިމުކުރާ ޤައުމެއްގެ ސަރުކާރާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ކަމެއް." އަރިންދަމް ބަގްޗީ ވިދާޅުވިއެވެ.



އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހުން ހުޅުވުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ނިންމުމާމެދު ރައީސް ސޯލިހު ވިދާޅުވެފައިވަނީ ކޮންސިއުލޭޓް އެޅުމަކީ އިންޑިޔާ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން އިންޑިޔާއިން އެހާ ހަމައަށް ދިވެހި ސަރުކާރާ މުއާމަލާތްކޮށްފައިނުވާ ކަމަށާއި، އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ގޮތެއް ނުނިންމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިޔާގެ ނިއުދިއްލީގައި ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު، ޓްރިވަންޑަރަމުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުންނަކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެކަމަކީ ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން ހިނގާ ކަމެއް ކަމަށެވެ. އަދި އެކަމުގައި އިންޑިއާ ސަރުކާރާއެކު ވާހަކަ ދައްކަވާނެ ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ޤާއިމުކުރަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އައްޑޫގެ ޒުވާނުންގެ ބަޔަކު އިސްނަގައިގެން "ސޭވް އައްޑޫ"ގެ ނަމުގައި ހަރަކާތެއް މިހާރު ވަނީ ފަށާފައެވެ. މި ހަރަކާތުގައި އައްޑޫއަށް ނިސްބަތްވާ ގިނަ އަދަދެއްގެ އިލްމީ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް ބައެއް ވަޒީރުންނާއި އެދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އެކަމަށް ތާއިދުކޮށް ވާހަކަ ދައްކާފައެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަކީ އައްޑޫއަށް ވިޔަފާރީގެ ކުރިއެރުންތަކާ އެކިކަހަލަ ތަރައްގީތަކާއި ފަސޭހަތަކާއި މަންފާ ލިބޭނެ ކަމެއް ކަމަށް އެ ފަރާތްތަކުން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އަބްދޫ

13-Jun-2021

ޙަމަނުޖެހޭ ވާހަކަ ނުދައްޖަވާ ދެގައުމުގެ ގުލުން ރަމްޒު ކޮށްދިނުމަށް ހުލުވާތަނަކީ ކޮންމެ ގައުމެއްގަވެސް ވެރިކަންކުރާ ރަށުގަ ހުޅުވާ އެމްބަސީ ނުވަތަ ހައިކޮމިސަން.ޓްރިވިންޑްރަންގަ ހުންނަ ކޮންސިއުލޭޓަކީ އެފަދަ ކަމެއްނޫން.ޢެއީ 15000 ދިވެހިން އެސްޓޭޓް ގަ ދިރި އުޅޭތީ އެފަރާތްތަކަށް ހިދުމަތް ދިނުމަށް ހުޅުވާފަ ހުރި ތަނެެ އް. ޢޮޅުވާލަން ނޫޅުއްވުން އެދެން.



ޓްރެންޑިން