އެމްޑީޕީ ދެބައިވީ ބަޣާވާތްކުރަން އުޅުނު މީހުން ރުއްސަން ހަދައިގެންކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ވިދާޅުވެއްޖެއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ޓީވީ ޕްރޮގްރާމެއްގައި މިއަދު ދެއްކެވި ވާހަކަތަކަކަާއި ގުޅިގެންނެވެ. އެގޮތުން ވެރިކަމުގެ ދެބާރެއް އެމްޑީޕީގެ ތެރޭގައި އޮތް ކަމަށާއި އެ ދެބާރުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެ، އަދި އެމްޑީޕީގެ މަސައްކަތް ވެސް ދެބައިވެފައިވާ ކަމަށް ބިގޭ ވިދާޅުވިއެވެ. ނަމަވެސް އެއީ އެމްޑީޕީއަށް ހެޔޮ އެދޭނެ މީހަކު ބޭނުންވާނެ ގޮތެއް ނޫންކަމުގައި ބިގޭ ވިދާޅުވިއެވެ.

ބިގޭގެ ވާހަކަތަކަށް ރައްދު ދެއްވަމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، އެމްޑީޕީ ދެބައިވީ ވެރިކަން ލިބުމާއެކު ބަޣާވާތްކުރަން އުޅުނު މީހުން ރުއްސަން ހަދައިގެންކަމަށެވެ. އެގޮތުން ބަޣާވާތްކުރި މީހުން ރުއްސަން އެމްޑީޕީގެ ހުރިހާ އުސޫލުތަކާއި އެމްޑީޕީން ވިއްކި ސިޔާސަތުތައް ރައްޔިތުންގެ ބޮލާލައި ޖަހާފައިވާކަމަށް ވައްޑެ ވިދާޅުވިއެވެ.

"އެމްޑީޕީ ދެބައިވީ ވެރިކަން ލިބުމާއެކު ބަޣާވާތްކުރި މީހުން ރުއްސަން އެމްޑީޕީގެ ހުރިހާ އުސޫލުތަކާއި އެމްޑީޕީން ވިއްކި ސިޔާސަތުތައް ބޮލާލައި ޖެހި ހިސާބުން." ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްކަމަށްވާ މުހައްމަދު ސައީދު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ލިބުނީ އެމްޑީޕީން އެކަނި ކުރި މަސައްކަތުން ނޫންކަމަށެވެ. އަދި ވެރިކަން ލިބުނީ އެ ބުނާ ބަޣާވާތްކުރި މީހުންގެ ފަސްބައިގައި އެލިގަނެގެންކަން ހަނދާން ނެތުނީތޯ ވިދާޅުވެ ސައީދު ވަނީ ސުވާލުކުރައްވާފައެވެ.

"ކެރަފާ އަންނިގެ ނުބައިކަން ކަލޭ ގައިގާވެސް އެބަހުރިދޯ." ސައީދު ވިދާޅުވެފައި ވެއެވެ.

ސަރުކާރު ހިންގާ އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މި މައްސަލަތައް ރައްޔިތުންނާ ހަމައަށް ތިލަވެގެން ދިޔައީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ތަހުގީގު ކުރަން ކުރަމުންގެންދާ މަސައްކަތްތަކުގައި ކޮންމެވެސް ވަރެއްގެ ޚިޔާލުތަފާތުވުން ތަކެއް އުފެދި ދެބަސްވުންތަކެއް ހިނގި ހިސާބުންނެވެ. މިކަންތައްގަނޑުގެ ތެރޭގައި ރައީސް ޞާލިހާއި ރައީސް ނަޝީދާއި ދެމެދުގައި ވެސް ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާކަން ފާހަގަކުރެވިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކުޑަ އަލީ

13-Jun-2021

ވެރިކަން ހޯދަން އުޅުނުއިރު ކީވެބާ ތިވާހަކަ ނުދެއްކީ ބޭފުޅާ ސައިޒް އޮޅޮނީތޯ?


1

އއއއއ

13-Jun-2021

ފަޒުުނާ އަބަދުވެސް ހުންނާނީ،ރައީސްގެ އަނބިކަބަލެއްގެ ގޮތުގަބާ؟ ރައީނަޝީދު ނައްތާލާާަަަަފަަ،ޖާހިލު މައުުމޫނާއި،ޤާރޫނު ބުނާގޮތަށް ބުނާ،ދެބޯގެރި ޤާސިމުގެ ޖީބަށް އެރިއޮތަސް،ދެނެއްވެރި ކަމެއް ނުލިބޭނެ،އެންމެގާތީ، ކުއްޔަކާނުލާ ޖަލުން ބޯހިޔާ ވަހިކަމެއް ލިބުން.އޭނަޔާއެކު 2 ބޯގެރިވެސް ހަމަ އެތަނަށް ލެވޭނެ ކަމަށްފެނޭ،2 ބޯގެރިޔަކީ،ޖަލުފެނުނަސް ތުރު ތުރު އަޅާބައްޔާއި،ހޭނެތޭބަލި ޖެހޭ ސައިޠާނެއް.ފަޒުނާގެ ފިރިކަލުން ރައީސަކަށް ވީމާ،މިހާރު ބިންމައްޗަކުވެސްނޫންތޯ އުޅުއްވަނީ؟


12

ޖޭޕީއަށް ވަފާތެރި ރާޖެތެރޭ މީހާ

13-Jun-2021

ޖޭޕީގެ ގުންޑާ ސައިދު ދުވަހަކު ތިބުނާ ޖޭޕީނެތަސް 2018 ވަނައަހަރު މިރަޖޭގެ ވެރިކަން ބަދަލުކުރާނެ ޖޭޕީ ނުކުތީ ކޮމްމެހެން ރައްޔިތުންނައް ހެޔޮއެދޭތީނުން މަހުޖަނު މިނިވަން ކުރަން ވެގެން ކަން ތި ގުންޑާ ސައިދަށް ފަހުމްނުވުމަކީ ތިސައިދުގެ ހުރި ނުކުޅުދުން ތެރިކަނަ ދައްކުވައިދޭ އަލިގަދަ ހެއްކެއް



ޓްރެންޑިން