ޑްރީމްސް މޮބައިލް ފިހާރައިން ވައްކަންކުރުމަށް އެފިހާރައިގެ ސީލިންގު ފަޅާލެވިފައިވާ ތަނާއި، ސީސީޓީވީ ފުޓޭޖުން ފެންނަ މީހާ.
ޑްރީމްސް މޮބައިލް ފިހާރައިން ވައްކަންކުރުމަށް އެފިހާރައިގެ ސީލިންގު ފަޅާލެވިފައިވާ ތަނާއި، ސީސީޓީވީ ފުޓޭޖުން ފެންނަ މީހާ.
މަޖީދީމަގާ ޗާންދަނީމަގު ގުޅޭ ކަންމަތީގައި ހުންނަ ޑްރީމްސް މޮބައިލް ފިހާރަ ފަޅާލައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި، ޑްރީމްސް މޮބައިލް ފިހާރައިން ވައްކަންކުރުމަށް ވަދެފައިވަނީ، އެފިހާރައިގެ ފަންގިފިލާ ފަޅާލައިގެންނެވެ.

އެފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެންނަގޮތުގައި، ޑްރީމްސް މޮބައިލް ފިހާރައިގެ ސީލިންގު ފަޅާލައި، ވަލެއްގައި އެލިގެން މޫނު ނިވާކޮށްގެން ހުރި މީހަކު ފިހާރަތެރެއަށް ފައިބައެވެ. މިމީހާ ހުރީ، ގޮޅިޖެހި ގަމީހެއްގެ މަތިން، އަތްކުރު، ކަކުލުން ތިރިއަށް ހުންނަވަރަށް ފަހާފައިވާ ހެދުމެއް ލައިގެން، މޫނުނިވާވާގޮތަށް މާސްކެއް އަޅައިގެންނެވެ. އަދި އޭނާއަށް އެހީތެރިވުމަށް ސީލިންގު މަތީގައި ހަރާތްތެރިވާ މީހަކަށް އިޝާރާތް ކުރާތަންވެސް ސީސީޓީވީ ފުޓޭޖުން ފެނެއެވެ.



މިހާދިސާގައި ފިހާރައިން ގިނަ މުދާތަކެއް ވަގަށް ނަގާފައިވާއިރު، މިލިއަނަކަށްވުރެއް ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާނެކަމަށް ޑްރީމްސް މޮބައިލްގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް ވިދާޅުވެފައިވެއެވެ. އަދި މިހާދިސާގައި ޝައްކު ކުރެވޭ ބަޔަކު، ކަސްޓަމަރެއްގެ ހައިސިއްޔަތުން ފިހާރަ އަށް ވަދެފައިވާކަމަށް ސީސީޓީވީ ފޫޓޭޖުން ފެންނަން އެބަހުރިކަމަށްވެއެވެ.

"ސީސީޓީވީ ފުޓޭޖް އެބަހުރި މިމީހާ އައިޑެންޓިފައި ކުރެވޭނެ ވަރަށް. މިމައްސަލަ މިހާރު ފުލުހުން އިސްވެސްޓިގޭޓް ކުރަމުންދާތީވެ ފުލުހުންނަށް ހުށައަޅާފަ ވާނީ." ޑްރީމްސް މޮބައިލްގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް ވިދާޅުވެފައިވެއެވެ.

މިހާދިސާއާއި ގުޅިގެން، ޑްރީމްސް މޮބައިލް ހިންގާ ކުންފުނި، ޑްރީމްސް ހޯލްޑިންގސްގެ ވަކީލުން ވަނީ ކުރިއަށް އޮތް ދުވަސް ތަކުގައި، އަގުހެޔޮކޮށް މާކެޓުގައި ވިއްކާ ފޯނެއް ގަންނަނަމަ ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

"132 އެއްހާ ފޯނު، މީ ގާތްގަނޑަކަށް މިލިއަނަކަށް ވުރެއް ގިނަ ރުފިޔާ. ވައްކަން ކުރި މީހުން މިހާރު އުޅޭނީ ފޯނުތައް ވިއްކަން. މިކަމާ ގުޅިގެން އެންމެ ބޮޑު އިލްތިމާސް އަކީ ބަޔަކު އަގު ހެޔޮކޮށް މާކެޓުގައި ނުވަތަ މަގުމަތީގައިވެސް އާފޯނުތަކެއް ވިއްކަން އުޅުނަސް ނުގަތުމަށް. އަދި މިމައްސަލަ އަކީ ތަހުގީގު ކުރެވެމުންދާ ކަމެއް ކަމަށްވުމުން، ފޯނު ކިތަންމެ އަގުހެޔޮކޮށް ގަތަސް، ފޯނު ބޭނުން ކުރަން ހުޅުވާލުމާއިއެކު ފޯނު ޓްރޭސް ކުރެވިގެން ދާނެ. އަދި މިފަދަ ވައްކަމުގެ މައްސަލަތަކުގައި، ފޯނު ގަންނަ ފަރާތައްވެސް ކޯޓު މަރުހަލާގައި ވައްކަމުގެ ކުއް ސާބިތުވުމުގެ ފުރުސަތުވެސް އެބައޮތް. މިގޮތުން އަގުހެޔޮކޮށް ފޯނު ގަންނަ މީހާ އަށްވެސް ގެއްލުން ލިބުން އެކަށީގެންވޭ،" ޑްރީމްސް ހޯލްޑިންގސްގެ ވަކީލުން ވިދާޅުވިއެވެ.

އަދި ޑްރީމްސް މޮބައިލްގައި ވިއްކަން ހުންނަ ފޯނުތަކުގެ އައިއެމްއޭ ރީޑް ކުރެވޭނެ ކަމަށާއި، ވަގަށް ނަގާފައިވާ ފޯނުތަކުގެ ފޯނުގެ އައިއެމްއޭ މަޢުލޫމާތު ފުލުހުންނަށް ހުށައަޅާފައިވުމުން، ފޯނު ބޭނުންކުރަން ހުޅުވާލުމާއެކު ޓްރޭސް ކުރެވިގެން ދާނެކަމަށްވެސް، އެފިހާރަ ހިންގަމުންދާ ޑްރީމްސް ހޯލްޑިންގސްގެ ފަރާތުން ހާމަކޮށްފައިވެއެވެ.

މިމައްސަލަ މިހާރު ދަނީ ފުލުހުންނަށް ހުށައަޅައިގެން ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން