ރާއްޖޭގެ އެންމެން ޖޫރިމަނާ ކުރުމުން ގައުމު ކުށްވެރިންގެ ހާއްޔަކަށް ބަދަލުވެގެން ހިގައިދާނެ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ފަހުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ހުސެއިން ވަހީދު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކޮށް ގާނޫނު ތަންފީޒު ކުރުމަކީ ގައުމުގެ އެންމެން ޖޫރިމަނާ ކުރުން ނޫން ކަމަށެވެ. އެންމެ ފަހުން މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ޓްރެފިކް ފުލުހަކު ފުރާނަ އަތްމައްޗަށްލައިގެން ދެއްކި ހިތްވަރު ފާހަގަކުރައްވައި ހުސެއިން ވަހީދު ވިދާޅުވީ ޓްރެފިކް ބަލަހައްޓަން ނިކުމެ ތިބީ ކުޅަނދާނަ ތަމްރީން ލިބިފައި ތިބި ދުޅަހެޔޮ ބައެއްކަން ވީޑިއޯ އިން ހާމަވެފައިވާ ކަމަށެވެ.

"މީތި ސަޅި، ބޮޑުކޮށް ސަޅި، ގާނޫނު ތަންފީޒު ކުރުމަކީ އެންމެން ކުށްވެރިކުރުމެއް ނޫން. މުޅި ގައުމުގެ އެންމެން ޖޫރިމަނާ ކުރީމަ މުޅި ގައުމު ކުށްވެރިންގެ ކިއްލާ އަކަށް ބަދަލުވެދާނެ." ހުސެއިން ވަހީދު ވިދާޅުވިއެވެ.

ކުރީގެ ސީޕީ ހުސެއިން ވަހީދު މިހެން ވިދާޅުވެފައިވާއިރު ކޮވިޑާއި ގުޅިގެން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅު ތަކަށް އަމަލު ނުކުރާ އާންމުންނަށް ފިޔަވަޅު އަޅައި އެމީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. މީގެ އިތުރުން އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާ ކުރާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން