އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ބިގޭ އަކީ މުޅި އާއިލާއާ ދެކޮޅަށް އެމްޑީޕީއާއެކު ނުކުމެހުރި މީހެއްކަން އޭނާއާ ދިމާއަށް މިހާރު ފާޑު ކިޔަމުންދާ ފަރާތްތަކަށް، ބިގޭގެ ކޮއްކޮ ހަނދާން ކޮށްދެއްވައިފިއެވެ.

މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ ބަލަން ރައީސް ނަޝީދު ހުށައެޅުއްވުމުން އެމައްސަލަ ބަލަން ނުފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ނިންމި ހިސާބުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑު ކިޔުން ވަނީ ބިގޭއަށް އަމާޒުވެފައެވެ.

އެގޮތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ބިގޭއަށް ބޮޑެތި ތުހުމަތުތަކެއް ކުރަށްވާފައެވެ. މެންބަރު އީވާ ތުހުމަތު ކުރައްވާ ގޮތުގައި ޒަމީލުގެ މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް އެމްޑީޕީގެ މެންބަރުންނާ ވާހަކަ ދައްކަވައިގެން ވޯޓު ހޯއްދެވީ ބިގޭ އެވެ.

އެކަމާއި ގުޅިގެން ބިގޭއަށް ބޮޑެތި ފާޑުކިޔުންތަކާއި އިންޒާރުތައް އަންނަމުންދާއިރު، ބިގޭ ވިދާޅުވީ ތުތިމަހަށް ކޮށާފައި ކާޅަށް ކާން ދިނަސް، ހައްގު ބަސް ބުނުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ އަނބިކަނބަލުންގެ އާއިލީ ބޭފުޅެއް ކަމަށްވާ ބިގޭގެ ވާހަކަތަކާއި ގުޅިގެން އޭނާގެ ކޮއްކޮ އަދި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވީ ބޭބެއާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި 2012 ގައި މުޅި އާއިލާއާ ދެކޮޅަށް އެކަމަނާގެ ބޭބެ ހުންނެވީ އެމްޑީޕީއާއެކުގައި ކަމަށް އިފްހާމް ވިދާޅުވިއެވެ.

އިފްހާމްގެ ހަނދާންކޮށްދެއްވީ ރައީސް ވަހީދުގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީއާއެކު ބިގޭ ކުރެއްވި މަސައްކަތްތަކުގެ ވާހަކައެވެ. ރައީސް ވަހީދާ ދެކޮޅަށް ބިގޭ މަސައްކަތް ކުރެއްވި އިރު، ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިން އަކީ ބިގޭގެ އަދި އިފްހާމްގެ އެއްބަނޑު އެއްބަފާ ދައްތާފުޅެކެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ބިގޭއާމެދު ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން އޭނާއަކީ ފަހަތަށް ނުޖެހޭނެ މީހެއްކަން މާޒީން އެނގޭނެކަމަށާއި، އެހެންކަމުން އުމުރުގެ ބާކީ ބައިވެސް ހޭދަކުރައްވާނީ ސާބިތުކަމާއެކުގައި ކަމަށް ބިގޭ ވިދާޅުވިއެވެ.

"އަޅުގަނޑަކީމުޅި ހަޔާތް ގައުމަށްޓަކައި ޖާނާ މާލުން ގުރުބާންކުރި އިންސާނެއް." އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ބިގޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

އިފްހާމް

13-Jun-2021

މީނަ ދައްކާ ވާހަކަ ގަބޫލުކުރެވޭތަ މީނަ މީ ބާގީ ވަހީދުގެ ފަހަތުގަ ހުރެފަ މިހާރު މާ އެމްޑީޕީވެގެން ބޭބެ ވެގެން އުޅެނީ މަގާމު ހިމާޔަތް ކުރަން. ކުރިން ދައްތަ ވެގެން އޯޓިޒަމް އެސޯސިއޭޝަން ވެގެން . ލޯލް



ޓްރެންޑިން