އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ބިގޭއާ ދިމާއަށް އެމްޑީޕީގެ ލީޑަރޝިޕުން މިހާރު އެއްޗެހި ގޮވަމުން ގެންދަނީ ރައީސް ޞާލިހާ ދިމާއަށް އެއްޗެއް ބުނަން ނުކެރިގެންތޯ ވިދާޅުވެ، ޝުއައިބު އަލީ (ފުރަހަނި ޝުޢައުބު) ސުވާލު އުފައްދަވައިފިއެވެ.

ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲ ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ޝުއައިބު މިހެން ވިދާޅުވެފައި މިވަނީ، 6 މެއިގެ ހަމަލާގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ، އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ބިގޭއަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީއާއި ރައީސް ނަޝީދުގެ ވެރިކަމުގައި ސަރުކާރުގައި ވެސް މަސައްކަތް ކުރެއްވި ފުރަހަނި ޝުޢައިބު ވިދާޅުވީ، ރައީސް ސާލިހާ ދެކޮޅަށް ހިމޭން ބަޣާވާތެއް ކުރަމުންދާކަމަށެވެ. އަދި ބިގޭއާ ދިމާއަށް ގޮވަމުން ދަނީ ރައީސް ސާލިހާ ދިމާއަށް ގޮވަން ބޭނުންވާ ވާހަކަތައް ކަމަށާއި، އެގޮތަށް އެކަން ކުރާނަމަ ނަތީޖާ ވަރަށް ހިތިވާނެކަމަށް ވެސް ޝުޢައިބު ވިދާޅުވިއެވެ.



މީގެއިތުރުން އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ބިގޭއާ ދިމާއަށް އެމްޑީޕީގެ ލީޑަރޝިޕުން އެއްޗެހި ގޮވަނީ ރައީސް ސާލިހާ ދިމާއަށް އެއްޗެއް ބުނަން ނުކެރިގެންތޯ ވިދާޅުވެ، ޝުއައިބު ވަނީ ރައީސް ނަޝީދާއި އީވާއާ ސުވާލު ކުރައްވާފައެވެ.

ރައީސް ނަޝީދާއި ޚިޔާލު ތަފާތުވުމުން ޕާޓީގައި އަދާކުރަމުން ގެންދިޔަ މަގާމުންވެސް ދުރުކޮށްފައިވާ ޝުޢައިބުގެ އިތުރުން، އެހެން ބައެއް ސިޔާސީ ތަޖުރިބާކާރުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ތެރޭގައި މިހާރު ކުރިއަށްދާ ސިޔާސީ ދެކޮޅުވެރިކަމަކީ ރައީސް ސާލިހާއި ރައީސް ނަޝީދާއި ދެމެދު ކުރިއަށްދާ ވެރިކަމުގެ ވާދަވެރިކަމެވެ. ދެބޭފުޅުންގެ އެ ދެބަސްވުން އެހާބޮޑަށް ތިލަވީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު، ރައީސް ޞާލިޙަށް ހުށައެޅުއްވި ހިސާބުންނެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޞ

13-Jun-2021

ބައްޔެއް ސަހާާދެއް



ޓްރެންޑިން