އެމްޑީޕީގެ އިސްބޭފުޅުން ޕާޓީން ވަކިކުރިއިރު މަލާމާތް ކުރި މީހުންނަށް މިއަދު އެދަތުރު ޖެހިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ހަގީގަތާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި އޭނާވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ގޯގޯ ލަތީފާއި، ޑރ. މުނައްވަރާއި އިބްރާހިމް އިސްމާއިލް (އިބްރާ) އާއި އަލްހާނު ފަހުމީއާއި އަލީ ވަހީދު ފަދަ ބޭފުޅުން ޕާޓީން ތަޅާ ބޭރުކުރިއިރު މަލާމަތްކުރި މީހުންނަށް މިއަދު އެދަތުރު ޖެހިފައިވާ ކަމަށެވެ.

"އަބަދުވެސް އެމްޑީޕީ އަށް ހެޔޮ އެދެން." ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އިސްސަފުގައި މީގެ ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި ގިނަބޭފުޅުން ވެސް ޕާޓީން ވަކިވެވަޑަައިގަންނަވަން ޖެހިވަޑައިގެންނެވީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ދެމެދު ޚިޔާލު ތަފާތުވުން އުފެދިގެން ކަން ފާހަގަކޮށްލެވެއެވެ. މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ޕާޓީގެ ވިޕްލައިނާއި ޚިލާފުވި ކަމަށް ބުނެ ޕާޓީން ވަކިކުރީ އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނިކޮށެވެ.

މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ ބަލަން ރައީސް ނަޝީދު ހުށައެޅުއްވުމުން އެމައްސަލަ ބަލަން ނުފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ނިންމި ހިސާބުން އެމްޑީޕީގެ އެތެރޭގައި އުފެދުފައި އޮތް ބައިބައިވުންތައް ހާމަވެ، ޕާޓީގެ ވިސްނުން މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.

އެމްޑީޕީ ބައިބައިވާން ޖެހޭ ސަބަބެއް ވިސްނި ވަޑައި ނުގަންނަވާ ކަަމަށާ ޕާޓީގެ އަސާސްތަކާއި ހިލާފުވާ މެންބަރުން ޕާޓީން ވަކި ކުރުމުން މައްސަލަ ހައްލުވީ ކަަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނަޝީދު ގެންގުޅުއްވާ ކަމަށް ބުނާ އެލެކްސް އަހުމަދުގެ ޓްވިޓާ ހެންޑްލުން މިރޭ ކުރި ޓުވީޓެއްގައި ވެސް ބުނެފައި ވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން