ލީޑަރ ޝިޕްގެ ގުޅުން އެންމެ ބަދަހީ ޕީޕިއެެމް/ ޕީއެންސީގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައިޕާޓީ ދެބައިވެ އެޕާޓީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް އިޝާރަތް ކުރައްވައެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެންމެ ޑިމޮކްރަޓިކް އަދި އެތެރޭގެ ޑިމްކޮރަސީ އެންމެ ހަރުދަނާ ޕާޓީއަކީ ރައީސް އަބުދުﷲ ޔާމިންގެ ޒައާމަތުގައި ހިންގަމުންދާ ޕީޕިއެމާއި ޕީއެންސީގައި ކަމަށެވެ.

" ރައްޔިތުންގެ އުއްމީދަކީ 2023ގައި ރައީސް ޔާމިން ދިވެހިންނަށް މި ގައުމު އަލުން ހޯދައިދީ، މިނިވަން މުސްތަގިއްލު ވެރިކަމެއް ގާއިމްކުރުން، އިންޝާ ﷲ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ވެރިކަމުގެ ދެބާރެއް އެމްޑީޕީގެ ތެރޭގައި އޮތް ކަމަށާއި އެ ދެބާރުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެފައިވާ ކަމަށް މަޖިލީހުގެ އަލިފުށީ ދާއިރާ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ވިދާޅުވެފައެވެ. އެވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްވެސް ވަނީ އެވާހަކަތަކަށް ބާރުދެއްވައި، އެމްޑީޕީއާއި ސަރުކާރު ދެބައިވެފައިވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ މަސައްކަތް ދެބައިވީ އެމްޑީޕީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން