ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، 6 މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަނާ ގުޅިގެން އެސަރވިސްގެ މާލޭ ޖަލާއި މާފުށީ ޖަލުގައި ތިން މުވައްސަސާ ގުޅިގެން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް މި އޮޕަރޭޝަނާއި ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ކަރެކްޝަންސުން ދީފައެއް ނުވެއެވެ. އަދި ފުލުހުންވެސް މިކަމާއި ގުޅިގެން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހަކު، ވަނީ ހައްޔަރުކޮށްފައެވެ. އެ ހަމަލާ އާއި ގުޅިގެން ހަރުކަށި ފިކުރާއި ދެކޮޅަަށް ފުލުހުން ފެށި އޮޕަރޭޝަނުގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން