ކޯވިޑްގެ ކަންކަން ބަލަހައްޓާ މައި މަރުކަޒު، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރި މީހަކަށް ޖީންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙްޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ރޭ 20:39 ހާއިރު މި މައްސަލަ ހުށަހަޅާފައިވާކަމަށާއި، މިކަމާގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗް.އީ.އޯ.ސީގެ ދަަރުމަވެރިއަކަށް ޖިންސީ ގޯނާކުރި މައްސަލަ ހުށަހަޅާފައިވަނީ ހެލްތު މިނިސްޓްރީގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކާއި ދެކޮޅަށެވެ.



ހެލްތު މިނިސްޓްރީން ބުނީ، އެމިނިސްޓްރީންވެސް މިމައްސަލަ ބަލަމުންދާކަމަށެވެ. އަދި މިކަމުގެ ތުޙުމަތުކުރެވޭ ފަރާތަށް ފިޔަވަޅުއެޅުމާމެދު ގޮތެއް ނިންމާނީ މިނިސްޓްރީން ބަލާ މައްސަލަ ނިމުމުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޟިހާ

13-Jun-2021

ބޮޑުމަގާމެއްދީ އަވަހަށް



ޓްރެންޑިން