ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީ ހަލާކުވެ ދަނީ އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަކި ފަރާތަކަށް ޖެހިވަޑައިގެން މަސައްކަތް ކުރައްވާތީ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ތުހުމަތު ކުުރައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވަކި ފަރާތަކަށް އޭނާ ޖެހިވަޑައިގެންފައިވާކަން ދޭހަވާ ފަދަ ޓުވީޓެއް ކުރައްވާފައެވެ. އެގޮތުން ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ދެބައިވީ އެމްޑީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"ޖުމްލަކޮށް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުނީމަ." ޙަސަން ލަތީފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ ވިދާޅުވީ، އެމްޑީޕީ ހަލާކުވެގެން ދަނީ ޗެއާޕާސަން ހިމެނޭ ގޮތަށް ޕާޓީގެ ލިޑާޝިޕް ފެއިލްވެގެން ކަމަށެވެ. އަދި ޗެއާޕާސަން ހަސަން ލަތީފު އޭނާގެ ޒިންމާ އަދާނުކުރަށްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެމްޑީޕީ ހަލާކުވެ ތިދަނީ ޕާޓީގެ ލީޑާޝިޕް ފެއިލްވީމަ، ޗެއާގެ ޒިންމާ ނުނަގާ ޗެއާ ވަކި ފަރާތަކަށް ޖެހޭތީ." ރީކޯ މޫސަ ވިދާޅުވިއެވެ.



މީގެ އިތުރުން ރީކޯ މޫސަ ވިދާޅުވީ މިވަގުތަކީ ޕާޓީގެ ލީޑަރުން އެއްބައިވާންވީ ވަގުތު ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި، ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕް މަޝްވަރާ ކުރައްވަން ރީކޯވަނީ ގޮވާލައްވާފައެވެ.

"އެމްޑީޕީއަކީ ވަރަށް ހާލުގައި ވަރަށް ދަތި އުދަގޫތައް ގިރާކޮށް މިހާ ހިސާބަށް އައި ޕާޓީއެއް، ކޮންމެ ފަހަރަކު ޕާޓީގެ ލީޑަރ ޝިޕް ހަރުދަނާކަމުން ޑީއާރުޕީއަށްވީހެން ނުވެ އޮތީ. މިވަގުތަކީ ލީޑަރުން ތެދުވެ އެއްބައިވާންވީ ވަގުތު. އެތައް ބައެއްގެ ބުރަ މަސައްކަތް ތި ފުނޑިގެން ދަނީ." އެމްޑީޕީ އުފެއްދެވުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

އަބްދޫ

13-Jun-2021

ރީކޯ ބުންޏަސް ތިޔައީ ރަނގަޅުވާހަކައެއް . އެމްޑިޕީ ގޯޅިއަޅުވާ ހަމަމަގުން ބޭރުކުރަނީ ނަސިދު އައު ހަސަންލަތީފް އައި އިންތި މި 3 މީހުން ޕާޓީން ބޭރު ކުރަނިކޮށް ޕާޓީ ހަމަމަގުން ހިގަންފަށާނެ.



ޓްރެންޑިން