އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ކޮވިޑް ވޭރިއަންޓް، ކުރީގެ ކޮވިޑް ވޭރިއަންޓްތަކާ އަޅާބަލާއިރު، ފެތުރެމުންދާލެއް ހަލުވިކަމަށް އެގައުމުގެ ސިއްހީ މާހިރުން ހާމަކޮށްފިއެވެ.

މިހާރު އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ފެތުރެމުންދަނީ އިންޑިއާއިން ފެނުނު ކޮވިޑް ވޭރިއަންޓެވެ. މިވޭރިއަންޓާއެކު، އިނގިރޭސިވިލާތުގައި ކޮވިޑް ކޭސްތައް އިތުރުވެފައިވާކަމަށް އެގައުމުގެ ސިއްހީ ވުޒާރާތަކުން ވަނީ ހާމަކޮށްފައެވެ.

މިކަމާބެހޭގޮތުން ކުރެވުނު އެންމެ ފަހުގެ ދިރާސާއިން ދައްކާގޮތުގައި، އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓް، ނުވަތަ އިންޑިއާއިން ފުރަތަމަ ފެނުނު ވޭރިއަންޓަކީ އިނގިރޭސިވިލާތުން ފެނިފައިވާ އެހެން ކޮވިޑް ވޭރިއަންޓްތަކާ އަޅާ ބަލާއިރު، ފެތުރުމުގައި 60 އިންސައްތަ ހަލުވި ވޭރިއަންޓެކެވެ. އަދި މިފަހުގެ ކޮވިޑް ކޭސްތަކުގެ 90 އިންސައްތައަކީވެސް މިވޭރިއަންޓާ ގުޅުންހުރި ކޭސްތަކެއްކަމަށް އިނގިރޭސިވިލާތުގެ ސިއްހީ ވުޒާރާތަކުން ވަނީ ފާހަގަކޮށްފައެވެ.



މިއާއެކު ކޮވިޑާ ގުޅިގެން އެގައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުންވެސް ވަނީ ފަސްކުރެވިފައެވެ. ކޮވިޑުން ރައްކާތެރިވުމަށް އެގައުމު އަލުން ލޮކްޑައުންކޮށް، ހަރުކަށި ފިޔަވަޅުތަކެއް އެންމެ ފަހުން އަޅާފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އޭގެ ތިންމަހެއްހާ ދުވަސްފަހުން، ލުއިތައް ދެމުން ދަނިކޮށް، އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވަމުން ދާކަމަށް އެގައުމުގެ ތަފާސްހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން