ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 84 އަހަރުގެ އަންހެނަކު މިއަދު ހެނދުނު 9:55 ހާއިރު ނިޔާވެފައިވާކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 193 ވަނަ މީހާއެވެ.





ރާއްޖެއިން އެންމެފަހުން ކޯވިޑް ޖެހިގެން މީހަކު ނިޔާވި އިއްޔެ ހެނދުނުއެވެ. އިއްޔެ ހެނދުނު 7:05 ހާއިރު ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 60 އަހަރުގެ އަންހެނެކެވެ.

މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު މިދިޔަ ހަފްތާއިން ފެށިގެން ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 300 އަށްވުރެ މަދު މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން