މިދިޔަ އަަހަރު ޝަރީއަތަށް ހުށަހެޅުނު މައްސަލަތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިހެން ވިދާޅުވީ މި އަހަރުގެ ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި އެ ބައްދަލުވުން ފެށުމުގެ އޮންލައިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ، މިދިޔަ އަަހަރު ހުށަހެޅުނު މައްސަލަތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 އިންސައްތަ ދަށަށް ގޮސްފައިވާކަމަށެވެ. އަދި ނިންމި މައްސަލަތަކުގެ އަދަދު ވެސް 26 އިންސައްތަ ދަށަށް ދިޔަކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ކުރިމަތިވި ތަފާތު އެކިއެކި ދަތިތަކާއެކު ވެސް ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓު 90 އިންސައްތައިގައި ހުރިކަން އުފަލާއެކު ފާހަގަ ކުރަން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ ކިބައިގައި ހާއްސަ ސިފަތަކެއް ހުންނަންވާނެ ކަމަށެވެ. ފަނޑިޔާރުން މުޖުތަަމައު ބަލައިގަންނަ ބަޔަކަށް ވެގެން ނޫނީ ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގައި އަދުލު އިންސާފު ގާއިމް ކުރެވުނުކަމުގެ އިހްސާސް ރައްޔިތުންނަށް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ފަސޭހައިން ބެލޭނެ ޑޭޓާބޭސްއެއް ތައްޔާރު ކުރުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއެކު މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ އިންތިޒާމު ހަމަޖެއްސުމަށް ސޮފްޓްވެއާއަކަށް މިހާރު ގަޒިއްޔާތައް އަޅަމުންގެންދާ ކަމަށެވެ.

މީގެ އިތުރުން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތައް ބިނާ ވާން ޖެހޭނީ ދަށު މަރުހަލާއިން ކަނޑައެޅި މައްސަލައިގެ ވާގިއާތަކަށާއި ގާނޫނަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މަތީ މަރުހަލާގެ ކޯޓުތަކުން ޝަރީއަތްތައް ހިންގައި މައްސަލަތައް ނިންމާއިރު، އެ މައްސަލައެއް ބެލި ދަށު ކޯޓުގެ ފަނޑިޔާރަށް އިނގިލި ދިއްކުރެވޭ ގޮތަށް މައްސަލަތައް ނުނިންމަން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެެވެ.

ސުޕްރީމް ކޯޓާއި ހައި ކޯޓުން މި ފަހުން ލޭންޑްމާކް ގިނަ މައްސަލަތަކެއް ނިންމާފައިވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެެވެ. އެ ނިންމުންތަކަށް ދަށު މަރުހަލާ ކޯޓުތަކުން ސަމާލުކަން ދިނުމުގެ މުހިންމުކަން ވެސް އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

ފަނޑިޔާރުންގެ އަހަރީ ބައްދަލުވުމުގައި މަސައްކަތް ކުރުމުގައި މެޖިސްޓްރޭޓު ކޯޓުތަކަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން ކަރުދާސްތައް ހުށަހަޅައި ހިޔާލު ބަދަލު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި ހުށަހަޅާ ކަރުދާސްތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި މައްސަލަތައް ހައްލު ކުރަން ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ޙައްޤުބަސް

13-Jun-2021

ވަރަށް ފަޚުރުވެރިވެލާފަ ދެއްތޯ ތިޔަ ވާހަކަ ތިޔަ ވިދާޅުވަނީ. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ޖަލެއްގައި ބަންދުކޮށްފަ ބަހައްޓައިފއްޔާ އަދި ތިއަށްވުރެވެސް ޖަލުން ބޭރުގައި ދިވެހިން ކުށްކުރާލެއް މަދުކަމަށް ބުނެލާނެ ފުރުޞަލު ލިބޭނެކަން ޔަޤީން. ވަރަށް ކަންކަން ކޮށްލެވިއްޖެ ދެއްތޯ؟؟؟؟؟؟؟؟؟



ޓްރެންޑިން