ކޮވިޑް ބަލީގައި ނިޔާވި، ސަމީއާ އަހުމަދު (ސަންމެ
ކޮވިޑް ބަލީގައި ނިޔާވި، ސަމީއާ އަހުމަދު (ސަންމެ
ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން 25 އަހަރުގެ ޒުވާން އަންހެނަކު އަލަތު ދަރިފުޅު ލިބުނުތާ އަށްވަނަ ދުވަހު ނިޔާވެއްޖެ އެވެ.

ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދު، ސަންމެ ނިޔާވީ އަލަތު ދަރިފުޅު ލިބުނުތާ އަށް ދުވަސް ފަހުން މިއަދު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. ސަންމެ އަށް ކޮވިޑް ޖެހުނީ ވިހަން ވަރަށް ކައިރިވެފައި ވަނިކޮށް އުފަންރަށް، ފ. ނިލަންދޫ އިންނެވެ. އޭނާގެ ހާލު ސީރިއަސް ވާތީ މާލެ ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ސަންމެގެ ދަރިފުޅު ސިޒޭރިއަން ހަދައިގެން ނަގާފައިވާއިރު މިއީ ސަންމެގެ އަލަތު ދަރިފުޅެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހޭ ޒުވާނުންނާއި ކުޑަކުދިންގެ އަދަދު އިތުރުވެފައިވާއިރު ކޯވިޑްގައި ނިޔާވަމުންދާ ޒުވާނުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އަދި ކޮވިޑް ބަލީގައި އުމުރުން އެންމެ 10 އަހަރުގެ ކުއްޖަކު ވެސް ވަނީ ނިޔާވެފައެވެ.

ކޮވިޑް ބަލީގައި މިއަދު މަރުވި ދެ މީހުންނާއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 194 އަށް އަރާފަ އެވެ.

މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ބައްޔަށް ޕޮޒިޓިވްނާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ ފިޔަވަޅުތައް ހަރުކަށިކޮށް މާލެއާއި އަތޮޅުތަކުގެ ކޯވިޑް ފެތުރޭ ރަށްރަށުގައި ވަނީ ކާފިއު ހިންގާފައެވެ. ހުސްވި މަހު އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ކޯވިޑަށް ޕޮޒިޓިވްވާ އަދަދުތަކާއި ނިޔާވާ މީހުންގެ އަދުވެސް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން