މާލެ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ހަމައެކަނި މެމްބަރު އައިޝަތު ޔުމްނާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.

މާފަންނު އުތުރު ދާއިރާ ސިޓީ ކައުންސިލަރ އައިޝަތު ޔުމްނާ ޕީޕީއެމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިިއަދު މެންދުރުފަހު ޕީޕީއެމް އޮފީހުގައެވެ.



މިރަސްމިއްޔާތުގައި އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރ، އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމާއި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.

ޔުމްނާ ޕީޕީއެމަށް ސޮއިކުރުމުން، މޭޔަރާއެކު 19 ކައުންސިލަރުން ތިއްބަވާ މާލެ ސިޓީ ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ މެމްބަރުންގެ އަދަދު ވަނީ 13 އަށް އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން